Advertisement
ކ. މާލެ
|
11 އޯގަސްޓް 2023 | ހުކުރު 18:06
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލައިފި
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލައިފި
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލައިފި
މިކަމުގެ ސަބަބުން ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށްދިނުމަށް މަގުފަހިވެގެންދާނެ
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރާއްޖެ އާއި ގުޅާލުމުން ރާއްޖޭގެ މުޅި މުވާސަލާތީ ނެޓްވަރކް ބަރޯސާވަނީ ޓެލެކޮމް އޮޕަރޭޓަރުންގެ މައިކްރޯވޭވް ވިއުގައަކަށް
އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ގުޅާލުމުން ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެ

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ ގުޅާލައިފިއެވެ.

އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރަސްމީކޮށް ގުޅައިލެވިފައި ވަނީ ހުޅުމާލޭގައި ހުންނަ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ކެބަލްލޭންޑިންގް ސައިޓާއެވެ. ހުކުރު ދުވަހު ހަވީރު އިންޑިޔާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ (ހުޅުމާލެ) ގުޅައިލުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

Advertisement

މި މަސައްކަތަކީ ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް އަގުހެޔޮކޮށް, ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެގުމަކަށް ކުރާ މި މަސައްކަތުގެ ސަބަބުން ރާއްޖެ އަށް ވަރަށް ބޮޑަށް ފައިދާވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން  އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ރާއްޖެ އާއި ގުޅާލުމުން ރާއްޖޭގެ މުޅި މުވާސަލާތީ ނެޓްވަރކް ބަރޯސާވަނީ ޓެލެކޮމް އޮޕަރޭޓަރުންގެ މައިކްރޯވޭވް ވިއުގައަކަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައި.އޭ.އެކްސް ސަބްމެރިން ކޭބަލް ގުޅާލުމުން ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވުމާއި، އިދާރާތައް ގުޅާލުމަށް ހިނގާ ޚަރަދު ބޮޑުތަކުން ކުޑަ ކުރުމާއި، ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ޤާއިމުކުރުމުގެ އިތުރުން ގަވަމެންޓް ނެކްވަރކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންޓަރނެޓް ފޯރު ކޮށްދިނުމުގެ މަގު ފަހިވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް