Advertisement
ކ. މާލެ
|
17 ޖުލައި 2017 | ހޯމަ 04:28
ތިމަރަފުށީ
ތިމަރަފުށީ
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރު މައްސަލަ
ބޮޑުފަޅިއަށް ހުރިހާ މެންބަރުން އެރުމަށް މުސްތަފާ ގޮވާލައްވައިފި
މެންބަރުންގެ ގޮޑިއެއް ނުގެއްލޭނެކަން ސްޕްރީމް ކޯޓުން މިއަދު ވަރަށް ސާފުކޮށް ކަށަވަރުކޮށްދެއްވައިފި
މި ސަރުކާރު ދައްކަމުންދާ ބިރުވެރިކަމުން ސަލާމަތްވާނެކަމަށް ސްޕްރީމްކޯޓުން ކޮށްދެއްވި ވަރު ރަނގަޅު

ހުރިހާ މެންބަރުން ބޮޑުފަޅިއަށް އެރުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ގޮވާލައްވައިފިއެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމްް ތަންފީޒުކުރެވޭނީ އެ ހުކުމްކުރި ތާރީހުގެ ފަހުން ކޮށްފައިވާ ކަންކަމުގެ މައްޗަށް ކަމަށް ކަނޑައަޅައި ، އެ ކޯޓުން އާދީއްތަ ދުވަހު އަމުރުކޮށްފައި ވަނިކޮށް އާދިއްތަ ދުވަހުގެރޭ މުސްތަފާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ސްޕްރީމް ކޯޓުން ނެރުނު އަމުރާއި، ކޮށްފައިވާ ހުކުމުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާއަށް ބެލުމުން މެންބަރުންގެ ގޮނޑި ނުގެއްލޭނެކަން ކަށަވަރުވެއްޖެ ކަމަށެވެ.

"ބޮޑުފަޅިއަށް ހުރިހާ އެމްޕީން އަރާ ވަޑައިގަންނަވާ. ގޮޑިއެއް ނުގެއްލޭނެކަން ސްޕްރީމް ކޯޓުން މިއަދު ވަރަށް ސާފުކޮށް ކަށަވަރުކޮށްދެއްވައިފި," މުސްތަފާގެ ޓްވީޓްގައިވެއެވެ.

 

ސްޕްރީމް ކޯޓްގެ މި ނިންމުމަށް ތާއީދުކޮށް މުސްތަފާ ވިދާޅުވީ، މި ސަރުކާރު ދައްކަމުންދާ ބިރުވެރިކަމުން ސަލާމަތްވާނެ ކަމަށް ސްޕްރީމްކޯޓުން ކޮށްދެއްވި ވަރު ރަނގަޅު ކަމަށެވެ.

 މުސްތަފާ ވިދާޅުވީ، މިއީ "ހަތްބޯރާހި" ސަރުކާރެއް ކަމަށެވެ. އަދި އަވަހަށް ބޮޑުފަޅިއަށް ހުރިހާ މެންބަރުން އަރާވަޑައިގަތުމަށް މުސްތަފާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ ހުރިހާ މެންބަރުންނަށް ގޮވާލައްވާފައެވެ.

މުސްތަފާ މިހެން ވިދާޅުވެފައި މި ވަނީ މި މަހުގެ 24 ވަނަ ދުވަހު ނަގާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން ޕީޕީއެމްގެ މެންބަރުންތަކެއް އެ ޕާޓިން ވަކިވެފައި ވަނިކޮށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް