Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 22:56
ގާސިމް އިބްރާހިމަށް ހޮސްޕިޓަލުން ފަރުވާދެނީ
ގާސިމް އިބްރާހިމަށް ހޮސްޕިޓަލުން ފަރުވާދެނީ
އަޒުމޫން އަހުމަދު
ގާސިމް އެޑްމިޓް ކުރުން
ގާސިމް އައިސީޔޫއަށް ބަދަލުކޮށްފި!
އޭޑީކޭ އައިސީޔޫއަށް ބަދަލުކުރީ މިރޭގެ ވަގުތެއްގައި
އިތުރު ފަރުވާއަށް ސިންގަޕޫރަށް ދިއުމަށް ވަނީ ހުރަސްއަޅާފަ
ގާސިމްގެ މައްސަލަ ވަނީ ކެންސަލްކޮށްފަ

ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އޭޑީކޭ އައިސީޔޫއަށް ބަދަލުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް އައިސީޔޫއަށް ބަދަލުކޮށްފައިވަނީ، އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ގާސިމްގެ ސިއްހީ މައްސަލަތަކާއި ގުޅޭ އިތުރު ތަފްސީލު ލިބިފައިނުވާއިރު އޭނާއަށް އިތުރު ފަރުވާ ދިނުމަށް ސިންގަޕޫރަށް ފުރާވަޑައިގަތުމަށް މަސައްކަތް ކުރެއވުމުން އެކަން ވަނީ ހުއްޓުވާފަ އެވެ.

އާދީއްތަ ދުވަހުގެ މެންދުރުގެ 01:30 ހާއިރު މެޑިކާ ހޮސްޕިޓަލުގައި ގާސިމް އެންމެ ފުރަތަމަ އެޑްމިޓް ކުރެވުނީބޯ އަނބުރައި، ހޮޑުލަވާ ގޮތްވެ، ނޭވާ ކުރުވާން ފެށުމުންނެވެ.

ގާސިމްގެ ސިއްހީ ހާލަަތު ގޯސްވުމާ ގުޅިގެން ސިންގަޕޫރަށް ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ.

ގާސިމް އެޑްމިޓް ކުރުމައި ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ އޭނާގެ ހާލު ބެއްލެވުމަށް ޒިޔާރަތްކުރައްވާފަ އެވެ.

އާދީއްތަ ދުވަހުގެ 02:00 އަށް ގާސިމްގެ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި އޮތްނަމަވެސް ގާސިމް ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއެކު މައްސަލަވަނީ ކެންސަލްކޮށްފަ އެވެ.

މި މައްސަލައާ ގުޅޭ ލިޔެކިޔުންތައް މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ވަނީ ގާސިމްއާއި ހަވާލުކޮށްފައެވެ. ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް