Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 14:07
ޕިއްޒާ ބޯނާ
ޕިއްޒާ ބޯނާ
ރާއްޖެއެމްވީ
ޕިއްޒާފޭރުމުގެ މައްސަލަ
ޕިއްޒާތަކެއް ފޭރިގެންފި
މިހާދިސާގައި ޕިއްޒާ ބޯނާގެ މުވައްޒަފަކަށް ވަނީ ހަމަލާދީފަ
މިކަން ހިނގާފައިވަނީ އަނޯނާ ގޯޅީގައި
މިހާތަނަށް ފޭރުމުގެ 1677 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވޭ

ޕިއްޒާ ބޯނާގެ މުވައްޒަފަކަށް ހަމަލާދީ ޕިއްޒާތަކެއް ފޭރިގެންފި އެވެ.

 މި މައްސަލަ ހުށަހަޅާފައި ނެތް ކަމަށް ފުލުހުން ބުނެ އެވެ.

 މިކަމާ ގުޅޭ ގޮތުން ޕިއްޒާ ބޯނާގެ ޑިރެކްޓަރެއް ބުނީ މިހާދިސާ  ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ގާތްގަނޑަކަށް ހަތެއް ޖަހާކަން ހާއިރު ކަމަށެވެ.

އޭނާ ބުނީ، މީގެ ކުރިން ޕިއްޒާ ޑެލިވަރ ކުރުމުގެ ތެރޭގައި ޕިއްޒާ ވަގަށްނަގާ މައްސަލަތައް ދިމާވާކަމެވެ. އެގޮތުން ފިއްޒާ އަޅައިގެންދާ ޕިއްޒާ ބޮކްސް ތެރޭގައި ހުއްޓާވެސް ފިއްޒާ ވަގަށްނަގާކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭގެ ހާދިސާގައިވެސް ޕިއްޒާ ބޯނާގެ މުވައްޒަފަކު ފިއްޒާއެއް ޑެލިވަރ ކުރުމަށް ދިއުމުން، އަނޯނާ ގޯޅި ތެރޭގައި ތިބި ގާތްގަނޑަކަށް ހަތަރު މީހުންގެ ގްރޫޕަކުން ގޮސް ޕިއްޒާ ޑެލިވަރ ކުރަން ދިޔަ މުވައްޒަފު މޫނުގައި ޖަހައި ބިރުދައްކާފައިވާ ކަމަށެވެ. ހަމަލާދީފައިވަނީ ބިދޭސީ މުވައްޒަފަކަށެވެ.

މިހާދިސާ ހިނގި ވަގުތު ގިނަ ބަޔަކު ވެސް މަގުމަތީގައި ތިބި ކަން އޭނާ ފާހަަގަކުރެއްވި އެވެ.

" ފުރާނައަތަށް ލައިގެން މަސައްކަތް ކުރާ ދަރަޖައަށް ދިއުމަކީ ވަރަށް ދެރަކޮށް ހިނގާ ކަމެއް. މިފަދަ ކަންކަން އާންމު ވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް." ޕިއްޒާ ބޯނާގެ ޑިރެކްޓަރ ވިދާޅުވި އެވެ.

 މީހަކަށް ހަމަލާދީ ޕިއްޒާތަކެއް ފޭރިގަނެފައިވާ އިރު، ފޭރުމުގެ މައްސަލަތަކަކީ މިހާރު ވަނީ ވަރަށް އާންމުވެފަ އެވެ. ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށްބަލާ އިރު މިއަހަރުގެ މިހާތަނަށް 1677 ފޭރުމުގެ މައްސަލައެއް ވަނީ އާންމުވެފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް