Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 11:56
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
ޕީޕަލް މެގަޒިން
މެންބަރު ސައުދު
ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިލާފުވީ މި ސަރުކާރުގެ އިސްވެރިން: ސައުދު
ޕީޕީއެމް ހިންގަވަނީ ޕީޕީއެމް މުސްތަޝާރު ރައީސް ޔާމީން
ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް މައުމޫން
ޕީޕީއެމް ވަނީ ދެ ފެކްޝަނަކަށް ބެހިފަ

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ފިކުރާއެކު ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިލާފުވެފައިވަނީ ޕީޕީއެމް ނިސްބަތްވާ ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ސައުދު ކުރެއްވި ޓްވީޓެއްގައި އެގޮތަށް ވިދާޅުވެފައިވާއިރު، މިމަހުގެ 13 ވަނަ ދުވަހު ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓެއް ސައުދު ވަނީ ރީޓްވީޓް ކުރައްވާފަ އެވެ. ރައީސް މައުމޫން  ކުރެއްވި އެޓްވީޓްގައި ރައީސް މައުމޫން ވިދާލުވެފައިވަނީ ޕާޓީގެ ފިކުރާއި ދުރަށް ދިއުމުން ގޮނޑި ގެއްލޭނަމަ އެންމެ ފުރަތަމަ ގޮނޑި ގެއްލެންވީ މިހާރު ޕީޕީއެމް ހިންގަން ތިބި މެމްބަރުންގެ ގޮނޑި ކަމަށެވެ.

 

މި ދިޔަ އޭޕްރީލް މަހުގެ 13ވަނަ ދުވަހު ސައުދު ޕީޕީއެމުން ވަކިކޮށްފައިވާ ކަމުގެ ލިޔުމަކާއެކު ސައުދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމުން ވަކިކުރުމަށްފަހު، އަލުން ޕީޕީއެމަށް ވެއްދިތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. މިކަމުންވެސް ކުރަނީ ވައްކަން ދެއްތޯއޭ ވިދާޅުވެ ސައުދު ވަނީ ސުވާލު އުފައްދަވާފަ އެވެ.

 

 

ސައުދުގެ އިތުރުންވެސް ޕީޕީއެމަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ޕީޕީއެމުން ވަކިކޮށްފައިވާ ކަމުގެ ލިޔުން ހަވާލުކޮށްފައިވީނަމަވެސް، ފަހުން ޕީޕީއެމުން ވަނީ އެ ވަކިކުރި މެމްބަރުންގެ ސްލޫކީ މައްސަލައެއް ބަލަމުންދާކަމަށްބުނެފަ އެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޕީޕީއެމަށް ނިސްބަތްވާ 11 މެމްބަރަކު ސޮއި ކުރައްވާފައިވާފައިވެއެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެންމަތިވިއިރު، ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ޕާޓީން ވަކިވާ މެމްބަރުން، ނުވަތަ ވަކިކުރާ މެމްބަރުން، އެ މެމްބަރަކު މަޖިލީހުގައި ތަމްސީލް ކުރައްވާ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފަ އެވެ. އެމައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނި އަނިލް ހުށަހެޅުއްވި ގޮތަށް ހުކުމް ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 ޖުލައި 2017 | އާދީއްތަ 13:34
ހަައިހޫނު
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މެޑިކާ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.