ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 11:02
ށ.މިލަންދޫގެ ފުޓްބޯޅަ ދަނޑާއި ފެނަކައިގެ އައު އޮފީސް ރައީސް ހުޅުއްވައިދެއްވަނީ
ށ.މިލަންދޫގެ ފުޓްބޯޅަ ދަނޑާއި ފެނަކައިގެ އައު އޮފީސް ރައީސް ހުޅުއްވައިދެއްވަނީ
މިލަންދޫގެ ތަރައްޤީގެ މަޝްރޫޢުތައް
ރައީސުލްޖުމްހޫރިއްޔާ ށ.މިލަންދޫގެ ފުޓްބޯޅަ ދަނޑާއި ފެނަކައިގެ އައު އޮފީސް ހުޅުއްވައިދެއްވައިފި
ށ. މިލަންދޫގައި އަޅާފައިވާ ފެނަކައިގެ އައު އިމާރާތަކީ 9.59 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް
ރައީސުލްޖުމްހޫރިއްޔާ ށ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެ
ށ.އަތޮޅުގެ ދަތުރުފުޅަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ހދ.އަތޮޅަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ށ.މިލަންދޫގެ ފުޓްބޯޅަ ދަނޑާއި ފެނަކައިގެ އައު އޮފީސް ހުޅުވައިދެއްވައިފިއެވެ.

ރައީސް އެ އޮފީސް ހުޅުވާދެއްވީ މިހާރު އެމަނިކުފާނު ށ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އަންގާރަ ދުވަހުގެ ހެނދުނުއެވެ.

ށ. މިލަންދޫގައި އަޅާފައިވާ ފެނަކައިގެ އައު އިމާރާތަކީ 9.59 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މީގެ އިތުރުން ރައީސް ޞާލިހު ވަނީ އަންގާރަ ދުވަހު ހެނދުނު ށ.މިލަންދޫ ފުޓުބޯޅަ ދަނޑު ވެސް ހުޅުއްވާދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ށ.އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅު ފެއްޓެވީ ހޯމަ ދުވަހުއެވެ.

ށ.އަތޮޅުގެ ދަތުރުފުޅަށް ފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ހދ.އަތޮޅަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް