Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 09:40
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް
ރާއްޖެއެމްވީ
ފައިސާ ބޭރުކުރުން
90،000 އަށް ވުރެ ގިނަ ޑޮލަރާއެކު އެއާޕޯޓުން ބިދޭސީއަކު ހައްޔަރުކޮށްފި
ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ
އުމުރުން 37 އަހަރުގެ ބަންގްލަދޭޝް މީހެއް
ބަންދަށް ވަނީ 15 ދުވަސް ޖަހާފަ

ނުވަދިހަ ހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގިނަ އަދަދެއްގެ ފައިސާއާއެކު އެއާޕޯޓުން 37 އަހަރުގެ ބިދޭސީއަކު ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ބަންގްލަދޭޝަށް ނިސްބަތްވާ އެ މީހާގެ ބަންދަށް ހަމަ އެ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ގެންގުޅުނު ދަބަހެއްގެ ތެރެއިން 90،000 އެމެރިކާ ޑޮލަރު(ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ) އަށް ވުރެ ގިނަ ފައިސާ ވަނީ ފެނިފައެވެ.

ރެމިޓެންސް ފީ ނަގަން ފެށުމާއެކު މިފަދައިން، ބޮޑެތި އަދަދުތަކުން ރާއްޖެއިން ފައިސާ ބޭރަށް ގެންދިއުން ވަނީ އާންމުވެފައެވެ. ރާއްޖެއިން ބޭރަށް ބިދޭސީން ފޮނުވާ ފައިސާއިން ރެމިޓެންސް ފީއެއް ނެގުމަށް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ އަހަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް