Advertisement
ކ. މާލެ
|
26 ޖުލައި 2023 | ބުދަ 10:57
މިނިވަން ދުވަހުގެ މުނާސަަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން
މިނިވަން ދުވަހުގެ މުނާސަަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
މިނިވަން ދުވަހުގެ ޖަލްސާ
އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ނޯންނާނެ: އިމްރާން
މިނިވަންކަމަކީ އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހުމުގެ ހިތްވަރު ލިބިދޭ ކަމެއް
މިނިވަންކަމުގެ އުފާ އިހުސާސް ކުރެވެނީ މިނިވަންކަން ގެއްލި ނިކަމެތިކަމާ ކުރިމަތިވުމުން

އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ނޯންނާނެކަމަށް ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ބައެއް ފަހަރު މިނިވަންކަމުގެ އުފާ އިހުސާސް ކުރެވެނީ މިނިވަންކަން ގެއްލި ނިކަމެތިކަމާ ކުރިމަތިވުމުން ކަމަށެވެ.

އިންސާނަކު އިންސާނަކަށް އަޅުވެތިވުމަށްވުރެ ބޮޑު ނިކަމެތިކަމެއް ނޯންނާނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

މިނިސްޓަރު ވަނީ މި ޖީލަށް މިނިވަންކަން ލިބުނު ގޮތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އޭގެ އިތުރުން، މިނިވަންކަމަކީ އިސްތިއުމާރީ ބާރުތަކަށް ބޯ ތިރިކުރުމަށް ނުރުހުމުގެ ހިތްވަރު ލިބިދޭ ކަމެއްކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ކާބަފައިން ފޯރުކޮށްދީފައިވާ މިނިވަންކަން ފަޚުރުވެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އަދާ ކުރަންޖެހޭ ޤައުމީ ޒިންމާއެއް
ހޯމް މިނިސްޓަރު ޝެއިޙް އިމްރާން އަބްދުﷲ

މިއަދުގެ ދުނިޔޭގައި މިނިވަންކަން ގެއްލޭ ސަބަބުތަކުގެ ތެރޭގައި ޤައުމުތަކާއެކު ބޭއްވޭ ގުޅުން ހިމެނޭކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރާނީ އެގޮތުގެ މަތިންކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް