Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 21:36
ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް
ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް
ރާއްޖެ އެމްވީ
ރައީސް ޔާމީން
ސިންގަޕޫރު ދަތުރުފުޅަށްފަހު ރައީސް ޔާމީން މިރޭ އެނބުރި މާލެ ވަޑައިގަންނަވައިފި
ރައީސް ޔާމީން ސިންގަޕޫރަށް ފުރާވަޑައިގަތީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޮނިހިރު ދުވަހުގެ ރޭ މާލެ ވަޑައިގަންނަވައިފިއެވެ.

 އެމަނިކުފާނު މާލެ ވަޑައިގަންނަވަނީ، ހޮނިހިރު ދުވަހުގެ ސިންގަޕޯ އެއާލައިންގެ ފްލައިޓްގަ އެވެ. 

ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގަތީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. 

ރައީސް އަބްދުﷲ ޔާމީން ސިންގަޕޫރަށް ވަޑައިގަތީ ކޮންކަމަކާ ގުޅިގެންކަން ނޭނގެ އެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ނުލިބެ އެވެ. 

ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިފަހުން ގާތްގާތުގައި އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގަންނަވައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 ޖުލައި 2017 | އާދީއްތަ 09:30
ކެމެރާމެން
ރާއްޖެ އެމް ވީ އެބަ ޖެހޭ. ރަނގަޅު ކޮލީޓީ އެއްގެ ކެމެރާ އެއް ހޯދަން. ހާދަ ފޮޓޮތައް ހަޑި އޭ. އަމިއްލަ އަށް ވެސް ފާހަގަ ނުކުރެވޭ ބާއޭ ހިތަށް އަރާ.
15 ޖުލައި 2017 | ހޮނިހިރު 23:21
ޑަންހިލް މޭން
އެންމެ ކާރި އޭޓީއެމް ހުރީ ސިންގަޕޫރުގަ. އެހެންވީމާ ދާންޖެހޭނެ އެއްނު