ކ. މާލެ
|
25 ޖުލައި 2023 | އަންގާރަ 07:09
ޖަޕާނުގެ ފޮރިން މިނިސްޓަރު
ޖަޕާނުގެ ފޮރިން މިނިސްޓަރު
ޖަޕާން ޓައިމްސް
ފޮރިން މިނިސްޓްރީ
މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވަނީ
މިއީ ޖަޕާނު ސަރުކާރުގެ އިސް އޮފިޝަލަކު 2018 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ފަހަރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ޖަޕާނުގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޯޝިމާސާ ރާއްޖެ ވަޑައިގަންނަވަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ހޯމަ ދުވަހުގެ ރޭ ބުނީ ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 29 އަދި 30 ގައި ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޔޯޝިމާސާ އާއި މިނިސްޓަރު ޝާހިދު ބައްދަލު ކުރައްވާނެއެވެ. މިނިސްޓަރު ޝާހިދުގެ އިތުރުން މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ވެސް ޔޯޝިމާސާ ބައްދަލުކުރައްވާނެއެވެ.

މިއީ ޖަޕާނު ސަރުކާރުގެ އިސް އޮފިޝަލަކު 2018 ވަނަ އަހަރުގެ ފަހުން ރާއްޖެއަށް ޒިޔާރަތް ކުރައްވާ ފުރަތަމަ ފަހަރެވެ. އެންމެފަހުން ރާއްޖެ ވަޑައިގެންނެވީ އެ ގައުމުގެ އޭރުގެ ފޮރިން މިނިސްޓަރ ޓާރޯ ކޯނޯ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް