Advertisement
ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 08:02
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ހާރިޖީ ވުޒާރާ
ސްވިޑްންގައި ޤުރުއާން އެންދުމާއި ވީދުން
ތަކުރާރުކޮށް ސްވިޑްންގައި ޤުރުއާނަށް އިހުތިރާމް ކުޑަކުރުމުގެ އަމަލު ހިންގާތީ ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި
މި އަމަލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގި ކަމެއް ކަމަށް ބުނެ ފަރުޖައްސައެއްނުލެވޭނެ
ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ މިފަދަ ހަރުކަށި އަމަލުތައް ހުއްޓުވުމަށް ގޮވާލާފައިވޭ
ދީނަށް ފުރައްސާރަކުރުމުގެ މިފަދަ އަމަލުތަކުގެ ސަބަބުން އެއްބައިވަންތަކަމުގެ އަސާސްތަކާއި އުސޫލުތައް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ބުރޫއަރާ

ސްވިޑްންގެ ސްޓޮކްހޯމްގައި ހުންނަ އިރާގު އެމްބަސީ ކުރިމަތީގައި ކީރިތި ޤުރުއާނަށް އިހުތިރާމް ކުޑަކުރުމުގެ އަމަލު ހިންގާތީ ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ ސްވިޑްންގައި ތަކުރާރުކޮށް ހިންގަމުން އަންނަ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މި އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގެއްލުން ލިބިގެންދާކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މި އަމަލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގި ކަމެއް ކަމަށް ބުނެ ފަރުޖައްސައިނުލެވޭނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދީނަށް ފުރައްސާރަކުރުމުގެ މިފަދަ އަމަލުތަކުގެ ސަބަބުން އެއްބައިވަންތަކަމުގެ އަސާސްތަކާއި އުސޫލުތައް ދެމެހެއްޓުމަށް ކުރާ މަސައްކަތަށް ބުރޫއަރާ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

Advertisement

ފޮރިން މިނިސްޓްރީން ވަނީ ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން، އިސްލާމް ދީނާ ދެކޮޅަށް ހިންގާ މިފަދަ ހަރުކަށި އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލާފައެވެ.

ސްވިޑްންގައި މުސްލިމުންގެ އެންމެ މާތް ފޮތް، ކީރިތި ޤުރުއާނަށް އިހުތިރާމް ކުޑަކުރުމުގެ އަމަލުތައް ހިންގުމަށް ފުރުސަތުދޭތީ ދުނިޔޭގެ މުސްލިމް ގައުމުތަކުންނާއި ލީޑަރުން އަންނަނީ އެކަން ކުށްވެރިކޮށް، އެފަދަ އަމަލުތައް ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރަށް ގޮވާލަމުންނެވެ. ސައުދީ އަރަބިއްޔާއިން ވަނީ މި އަމަލުތަކާ ގުޅިގެން, އެ ގައުމުގައި ހުންނަ ސްވިޑްންގެ ޗެރަޖް ޑި އެފެއަރޒްއާ ސުވާލުކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް