ކ. މާލެ
|
20 ޖުލައި 2023 | ބުރާސްފަތި 13:45
މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022 ގެ ވިނަރ ބެޖް
މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022 ގެ ވިނަރ ބެޖް
ޓޫރިޒަމް މިނިސްޓްރީ
މޯލްޑިވްސް ޓޫރިޒަމް އެވޯޑް
2023 ވަނަ އަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑް ތައްޔާރުކުރާނެ ފަރާތެއް ހޯދަނީ
އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވޭ
މިނިސްޓްރީން ދޭ ނަމޫނާއާއި އެއްގޮތަށް މޯލްޑިވްސް ޓޫރިޒަމް އެވޯޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

2023 ވަނަ އަހަރުގެ މޯލްޑިވްސް ޓޫރިޒަމް އެވޯޑް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ މިނިސްޓްރީން ދޭ ނަމޫނާއާއި އެއްގޮތަށް މޯލްޑިވްސް ޓޫރިޒަމް އެވޯޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސެޝަނެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 02 އޯގަސްޓް 2023 ވާ ބުދަ ދުވަހު 10:30 ގައި މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) ގައެވެ.

އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 31 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެހަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް