Advertisement
ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 07:28
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް
ރާއްޖޭގެ ތަރައްޤީ
މިދިޔަ 50 އަހަރުވެސް ރާއްޖެ އަށް އެންމެ ބޮޑު އިންގިލާބީ އިގްތިސާދީ ބަދަލެއް ގެނެސްދެއްވީ ރައީސް ސާލިޙު- ޝަހީމް
ޝަހީމް ވަނީ ކޮވިޑްގެ ދުވަސްވަރު އެމްއެމްއޭގެ އެހީތެރިކަމަށް އެދި މަޖިލީހަށް ހުށަހެޅުމުން އެކަމަށް އުނދަނގޫކުުރުމަށް ކުރީގެ ރައީސް ނަޝީދު އިސްވެހުންނަވާ މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެފައި
މާލޭގެ ރައްޔިތުން ބިންވެރިކުރުމަށް 80 މިލިއަން އެތައް ރުފިޔާ އެއް ހޭދަކުރައްވަމުން ދާ ކަމަށް ޝަހީމް ވިދާޅުވި
15570 ކްލާސްރޫމާއި، 85 މަލްޓިޕަރޕަސްހޯލްގެ މަސައްކަތް މި ސަރުކާރުން ނިންމައިފި

މިދިޔަ 50 އަހަރުވެސް ރާއްޖެ އަށް އެންމެ ބޮޑު އިންގިލާބީ އިގްތިސާދީ ބަދަލެއް ގެނެސްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި އާދީއްތަ ދުވަހުގެ ރޭ ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު އަށް ދެވަނަ ދައުރެއް ދިނުމަށް ގޮވާލާ މީހުންގެ އަޑު ގަދަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ 15570 ކްލާސްރޫމާއި، 85 މަލްޓިޕަރޕަސްހޯލްގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުގައި ނިންމާދެއްވާފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 30 ރަށެއްގެ ބިން ހިއްކުމާއި، 70 އައު އިންޖީނުގެ ޤާއިމްކުރުން މި ސަރުކާރުގެ މަަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޝަހީމް ވަނީ ކަރަންޓުގެ ޚިދުމަތާއި، ދަތުރުފަތުރުގެ ޚިދުމަތާއި، ގެދޮރުވެރިކަން ފަދަ ދާއިރާތަކުން ސަރުކާރުން ހިންގާފައިވާ މަޝްރޫޢުތަކުގެ އަދަދުތަކުގެ ތަފްސީލްތައް އޭނާގެ ވާހަކަފުޅުގައި ހިއްސާކުރައްވާފައެވެ. ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާ މެންބަރެއްގެ ހައިސިއްޔަތުން މާލޭގެ ރައްޔިތުންނަށް ބިންކޮޅެއް ދިން ސަރުކާރެއް މި ނޫނީ ނެތްކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގެ ރައްޔިތުން ބިންވެރިކުރުމަށް 80 މިލިއަން އެތައް ރުފިޔާއެއް ހޭދަކުރައްވަމުންދާކަން ފާހަގަކުރައްވާ ޝަހީމް ވަނީ އެކަމާމެދު ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

ޝަހީމް ވަނީ ކޮވިޑްގެ ދުވަސްވަރު އެމްއެމްއޭގެ އެހީތެރިކަމަށް އެދި މަޖިލީހަށް ހުށަހެޅުމުން އެކަމަށް އުނދަނގޫކުުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް