ކ. މާލެ
|
14 ޖުލައި 2023 | ހުކުރު 17:34
އޭސީސީގެ އިސްވެރިންނާއި އޮފިޝަލުން
އޭސީސީގެ އިސްވެރިންނާއި އޮފިޝަލުން
އޭސީސީ
ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް
އޭސީސީގެ އިސްވެރިންތަކެއް އެއްހަފްތާގެ ތަމްރީން ޕްރޮގްރާމަކަށް އިންޑިއާއަށް ފުރަނީ
ފައިނޭންޝިއަލް ފްރޯޑް ތަކުގައި ކަންކުރާނެ ގޮތްތައް ކިޔައިދޭނެ
އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާއެކު ތަމްރީނާއި ގާބިލްކަން އިތުރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިސްވެރިންނާއި އޮފިޝަލުންގެ ބެޗްއެއް އެއްހަފްތާގެ ތަމްރީން ޕްރޮގްރާމަކަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީން ބުނީ ޖުލައި 17 އިން 22 އަށް، އެއް ހަފްތާގެ މުއްދަތަށް ކުރިއަށްދާ "ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް ފޯ އެގްޒެކެޓިވްސް އެންޑް ސީނިއާ އޮފިޝަލްސް" ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެކޮމިޝަންގެ އިސްވެރިންނާއި އޮފިޝަލުންގެ ބެޗެއް އިންޑިއާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ)އިން ކުރިއަށްގެންދާ މި ތަމްރީނުތަކަކީ އިންޑިއާގެ އެންޓި ކޮރަޕްޝަން، އެތިކްސް އަދި އިންޓެގްރިޓީއާ ގުޅުންހުރި އެކި މުއައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނެކެވެ.

ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމަކީ އޭސީސީ އިން ފާހަގަކޮށްފައިވާ ކަންކަމާއި އެއްގޮތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެން.ސީ.ޖީ.ޖީގައި އެއް ހަފުތާގެ މުއްދަތައް ކުރިއައްގެންދާ މި ތަމްރީންގައި، ބައިވެރިންނަށް ފައިނޭންޝިއަލް ފްރޯޑް ތަކުގައި ކަންކުރާނެގޮތާއި، އިކޮނޮމިކް ކްރައިމްސް، ސައިބަރ ކްރައިމްސް އެންޑް ސައިބަރ ސެކިއުރިޓީ، ރިޝްވަތު ދިނުން ފަދަ މައުޟޫޢުތަކާ ބެހޭގޮތުން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި) އާއި ސެންޓްރަލް ވިޖިލެންސް ކޮމިޝަން (ސީ.ވީ.ސީ)ގެ އެކި ތަޖުރިބާކާރުންގެ ސެޝަންތަކާއި ލެކްޗަރތަކާއި ކޭސް ސްޓަޑީތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭސީސީން ބުނެއެވެ. އިންޓެލިޖެންސް ފިއުޝަން އެންޑް ސްޓްރެޓެޖިކް އޮޕަރޭޝަން ސެލް (އައި.އެފް.އެސް.އޯ)، ނޭޝަނަލް ސައިބާ ފޮރެންސިކް ލެބޯޓްރީ (އެން.ސީ.އެފް.އެލް) އާއި ސީބީއައިގެ އިންޓަޕޯލް ވިންގްއަށް ތަޖްރިބާގެ ޒިޔާރަތްކުރުމުގެ އިތުރުން، ޒަމާނީ ފޮރެންސިކް އިންވެސްޓިގޭޝަން ޓެކްނިކްސް ދަސްކޮށްދިނުމާއި، ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަގުވާމީ އެއްބާރުލުން ދިނުމުގެ މެކޭނިޒަމްތައް ދަސްކޮށްދިނުން ހިމެނޭ ކަމަށް އޭސީސީން ބުނެއެވެ.

މި ތަމްރީނުތަކުގެ ތެރެއިން ރީތި އަދި ދުނިޔޭގެ އެންމެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ ތާޖް މަހަލް އަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާއެކު ތަމްރީނާއި ގާބިލްކަން އިތުރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ. 2019 ވަނަ އަހަރުން ފެށިގެން، ކޮވިޑް-19ގެ ގޮންޖެހުންތަކާއެކުވެސް، އެކި ދާއިރާތަކުން ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގގައި ބައިވެރިވުމަށް 2300 އަށް ވުރެ ގިނަ ދިވެހިން ވަނީ އިންޑިއާއަށް ދަތުރުކޮށްފައެވެ. އޭގެތެރޭގައި ސިވިލް ސަރވިސަސް އެންޑް ގުޑް ގަވަރނަންސް، ސެކިއުރިޓީ، ކަސްޓަމްސް، މީޑިއާ، ޖުޑީޝަރީ، އޮޑިޓް އެންޑް ފައިނޭންސް، ހެލްތް، އެގްރިކަލްޗަރ، ޑިސެންޓް ރެލައިޒޭޝަން، އެންވަޔަރަންމަންޓް، ޔޫތު އެންޑް ސްޕޯޓްސް ފަދަ ދާއިރާތައް ހިމެނެއެވެ.އޭގެ އިތުރުން 1600 އަށް ވުރެ ގިނަ ވާޗުއަލް ޓްރެއިނިންގ ސްލޮޓް ދިވެހިންނަށް ވަނީ ފޯރުކޮށްދީފައެވެ.

ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އަކީ  އިންޑިޔާ ސަރުކާރުގެ މިނިސްޓްރީ އޮފް ޕަރސަނަލް، ޕަބްލިކް ގްރީވެންސަސް އެންޑް ޕެންޝަންގެ ދަށުން ހިންގަމުން އަންނަ އަމިއްލަ އަދި އެންމެ މަތީ ފެންވަރުގެ މުއައްސަސާއެކެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަކާލާތު ކުރައްވާ  "ވަސުދޭވާ ކުޓުމްބަކަމް" އާއި "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ފަލްސަފާއާ އެއްގޮތްވާ ގޮތުގެ މަތިން، އެންސީޖީޖީގެ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކުގެ މަގުސަދަކީ ރައްޔިތުންނާ ގުޅޭ ސިޔާސަތުތަކާއި، ހެޔޮވެރިކަމާއި، ޚިދުމަތް ފޯރުކޮށްދިނުން ހަރުދަނާކުރުމާއި، އެއާއެކު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ބާކީ ނުކުރުން ކަށަވަރުކުރުމެވެ.

އެން.ސީ.ޖީއާއި އެމް.އީ.އޭ ގުޅިގެން އެން.ސީ.ޖީ.ޖީއިން ވަނީ ބަންގްލަދޭޝް، ކެންޔާ، ޓަންޒޭނިއާ، ޓިއުނީޝިއާ، ސީޝެލްސް، ގަމްބިއާ، ދިވެހިރާއްޖެ، ސްރީލަންކާ، އަފްޣާނިސްތާން، ލާއޯސް، ވިއެޓްނާމް، ނޭޕާލް ބޫޓާން، މިޔަންމާ އަދި ކެމްބޯޑިއާ ފަދަ 15 ގައުމެއްގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކޮށްދީފައިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް