Advertisement
ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 11:39
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ : ޔޫސުފް ސޮފްވާން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ : ޔޫސުފް ސޮފްވާން
ޔޫސުފް ސޮފްވާން ރަޝީދު
އޮން އެރައިވަލް ވިސާ
މިސްރަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމައިފި
މި ވިސާއަށް 25 ޑޮލަރުގެ ފީއެއް ނަގާނެ
30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެ
30 ދުވަހަށްވުރެ އިތުރުވާނަމަ ވިސާ ނަގަންޖެހޭނެ

ދިވެހިރާއްޖެއިން މިސްރަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އިންތިޒާމުގެދަށުން، ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކުން މިޞްރަށް ދަތުރުކޮށް އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެ ކަމަށެވެ.

މިއީ ޓޫރިސްޓް ވިސާއެކެވެ. އަދި މި ވިސާގެ ފީއަކީ 25 ޑޮލަރެވެ.

Advertisement

ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާ އޮން އެރައިވަލް ދިނުމަށް މިޞްރު ސަރުކާރުން ނިންމާފައިވީ ނަމަވެސް، 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް މިޞްރަށް ޒިޔާރަތްކުރާ ނުވަތަ ވަޒީފާ އަދާކުރުމަށް ނުވަތަ ތަޢުލީމް ޙާޞިލްކުރުމަށް ނުވަތަ މިޞްރުގައި ވިޔަފާރިކުރުމަށް ބޭނުންވާ ދިވެހިން މިޞްރަށް ދަތުރުކުމުގެކުރިން އެކަމަކާގުޅޭ ވިސާއެއް ނަގަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މިޞްރަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމި މި މުހިންމު ނިންމުން، ދިވެހި ސަރުކާރުން ދެކެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުމާއި މިޞްރުން ދިވެހިރާއްޖެއަށް ދޭ ޚާއްޞަ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް