ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 16:02
ރައީސް ސާލިހު ކ. ގުރައިދޫއަށް ވަޑައިގަތުން
ރައީސް ސާލިހު ކ. ގުރައިދޫއަށް ވަޑައިގަތުން
އެމްޑީޕީ
ރައީސް ގުރައިދޫއަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކ. ގުރައިދޫއަށް ވަޑައިގަންނަވައިފި
ދެން ރައީސް ވަޑައިގަންނަވާނީ ކ. މާފުއްޓަށް
މާފުށީގައި މިރޭ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް އޮންނާނެ
ބިމުގެ ބޮޑުމިނުގައި 21.89 ހެކްޓަރ ހުރި މި ރަށުގެ އާބާދީ 1,550ށްވުރެ އިތުރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކ. ގުރައިދޫއަށް ވަޑައިގެންފިއެވެ.

ކ އަތޮޅަށް މިހާރު އެމަނިކުފާނު ކުރައްވަމުންގެންދަވާ ދަތުުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ކ. ގުޅިއަށެވެ.

އެއް ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ދެން ރައީސް ވަޑައިގަންނަވާނީ ކ. މާފުއްޓަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ކ. ގުޅީގެ އެމްޑީޕީ ޖަގަހަ ހުޅުއްވައިދެއްވާފައެވެ. މީގެ އިތުރުން އެ ރަށުގައި އާއްމުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.

Advertisement

މި ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގަންނަވަނީ ގުރައިދޫއާއި ގުޅި އަދި މާފުއްޓަށެވެ.

މި ދަތުރުފުޅުގައި ބޭއްވި، ގުރައިދޫ ކަންމަތީ ޖަލްސާގައި ރައީސް ވަނީ ގުރައިދޫއަށް ކޮށްދެއްވަން ހުރި ކަންކަން ފާހަގަކޮށްދެއްވާފައެވެ.

ބިމުގެ ބޮޑުމިނުގައި 21.89 ހެކްޓަރ ހުރި މި ރަށުގެ އާބާދީ 1,550ށްވުރެ އިތުރެވެ.

މާފުށީގައި މިރޭ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް