ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 18:08
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޕީޕީއެމް
ޝަހީމް ހިތްހަމަނުޖެހުން ފާޅުކުރެއްވުން
ޕީޕީއެމް އަށް ކުރެއްވި ޚިދުމަތަށް ދިން "އިނާމަށް" ޝުކުރު އަދާކުރައްވާ ޝަހީމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި
ޑރ ޝަހީމް އަކީ ކުރީގެ ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ އެޑްވައިޒަރެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރާ ގުޅިވަޑައިގަންނަވާކަމަށް ޕީޕީއެމްގެ މެމްބަރުންތަކެއް ތުހުމަތުކުރައްވާ ދެއްކި ވާހަކަތަކާއި ގުޅިގެން ޝަހީމް ނުރުހުން ފާޅުކުރައްވާ އެވާހަކަތަކަށް ރައްދު ދެއްވައިފިއެވެ.

ޑރ. ޝަހީމް ވަނީ ޔާމީންގެ ވެރިކަމުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައެވެ. އަދި އޭނާ އަކީ ކުރީގެ ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ކަނޑައަޅުއްވާފައި ހުންނަވާ އެޑްވައިޒަރެކެވެ.

ނަމަވެސް ޝަހީމަށް ސަރުކާރާއެކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރެއްވުމަށް ދައުވަތު ލިބިވަޑައިގެންފައިވާ ކަމުގެ އަޑުތައް ފެތުރުމާއި ގުޅިގެން ޕީޕީއެމް ސެނެޓް ވަޓްސް އެޕް ގްރޫޕްގައި މެމްބަރުން ވަނީ އެކަމާއި ގުޅޭގޮތުން ޝަހީމް އާ ސުވާލުކޮށްފައެވެ.

Advertisement

އެކަމަށް ރައްދު ދެއްވައި ޝަހީމް އެ ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޕީޕީއެމް އާއެކު ކުރެވުނު މަސައްކަތުގެ ބަދަލުގައި އެ ޕާޓީން ދެއްވި "އިނާމަށް" ޝުކުރު ދަންނަވާ ކަމަށެވެ.

"ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރެއިން 2013-2023 ދިހަ އަހަރު ޕީޕީއެމް އަށް ކުރި ހިދުމަތަށް ތިޔަ ދެއްވި އިނާމަށް ޝުކުރު ދަންނަވަން،" ޝަހީމް ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ ޝަހީމަށް ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ކެމްޕެއިންގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އަރުވާފައެވެ. އެދައުވަތު ދީފައިވަނީ ކުރިން ޝަހީމް ހުންނެވި އަދާލަތު ޕާޓީ މެދުވެރިކޮށެވެ. މިހާރުވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް އެމްޑީޕީއާއެކު މަސައްކަތްކުރުމަށް ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް