ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 23:44
" އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި މެމްބަރު ރާޝިދު ވާހަކަ ދައްވަނީ
" އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި މެމްބަރު ރާޝިދު ވާހަކަ ދައްވަނީ
އެމްޑީޕީ
ރައީސް ޞާލިހުގެ ސަރުކާރު
ފާއިތުވި 10 އަހަރު، ވޯޓުން ވެރިޔަކު ހޮވުމުގެ އުފާވެރިކަން ލިބުނީ އަދި ކިރިޔާ - މެމްބަރު ރާޝިދު
އޭނާ ވިދާޅުވީ އޭނާގެ އުމުރުން 44 ވެގެން ދާއިރު މިފަދަ ވެރިޔަކު ދެކެފައި ނުވާ ކަމަށް
ރާޝިދު ވަނީ ރައީސަށް ތައުރީފް ކުރައްވާފައި
ރާޝިދު ވަނީ ށ.އަތޮޅަށް ރައީސް ކޮށްދެއްވާފައިވާ ކަންކަން ފާހަގަކުރައްވާ އެކަމަށްޓަކާ ރައީސަށް ޝުކުރު ދަންނަވާފަ

ފާއިތުވި 10 އަހަރު، ވޯޓުން ވެރިޔަކު ހޮވުމުގެ އުފާވެރިކަން ލިބުނީ އަދި ކިރިޔާ މި ސަރުކާރުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ށ.ފޯކައިދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ވޯޓަކުން ރައީސެއް ހޮވައިގެން އެކަމުގެ އުފާވެރި އިހުސާސްވީ އަދި ކިރިޔާ ކަމަށެވެ. އެ އުފާވެރިކަން ރައްޔިތުންނަށް ހޯދައިދެއްވި ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ ފާއިތުވި ދިހަ އަހަރު ތެރޭ އެހެން ވެރިން ތިބެގެން ރާއްޖެ އަށް ވީ އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އޭނާގެ އުމުރުން 44އަހަރު ވެގެން ދާއިރު މިފަދަ ވެރިޔަކު ދެކެފައި ނުވާ ކަމަށެވެ. އޭނާ ތީމުގޭގައި 18 އަހަރުން ފެށިގެން މަސައްކަތް ކުރެއްވި ކަމަށާއި، އޭރުން ފެށިގެން މިއަދާއި ހަމައަށް ރައީސް ޞާލިހު ފަދަ ވެރި އެއް ދެކެވަޑައިގެންފައި ނުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ރައީސަކީ ރައްޔިތުން ދެކެ ލޯބިވާ، އިހުލާސްތެރިއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އަތޮޅު ތެރެއަށް ވެފައިވާ އިހުމާލު ދޫކޮށް، އަތޮޅު ތެރެއަށް އަޅާލުން ބެހެއްޓެވި ރައީސަކީ ވެސް ރައީސް ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ކުރިން އަތޮޅު ތެރެއަށް އޮތީ އެއްކޮށް އަޅާނުލާ ކަމަށް ރާޝިދު ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އަތޮޅުތެރެ އަށް ގިނަ ކަންތައްތަކެއް ކޮށްދެމުންދާ ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއަދު އަތޮޅު ތެރެއަށް ވަމުންދާ ކަންކަމަކީ ހުވަފެނުން ވެސް ފެންނާނެ ހެން ހީނުވާ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ރާޝިދު ވަނީ ށ.އަތޮޅަށް ރައީސް ކޮށްދެއްވާފައިވާ ކަންކަން ފާހަގަކުރައްވާ އެކަމަށްޓަކާ ރައީސަށް ޝުކުރު ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް