ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 18:59
އާދިއްތަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކެމްޕޭން މެނޭޖަރު މުހައްމަދު ނިޒާރު ވާހަކަދައްކަވަނީ
އާދިއްތަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކެމްޕޭން މެނޭޖަރު މުހައްމަދު ނިޒާރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ނޫމަރާ ތަރައްގީ ކުރުން
އާބާދީ ކުޑަ ނަމަވެސް ށ.ނޫމަރާއަށް ތަރައްގީގެ ގެނެސްދެނީ ހަމައެކަނި އެމްޑީޕީން: ކެމްޕޭން މެނޭޖަރު ނިޒާރު
ގިނަ މަޝްރޫއުތައް އެރަށުގައި ކުރިއަށް ގެންދޭ
ކުރިއަށް އޮތް 5 އަހަރުގެ ޕްލޭން ދަނީ އެކުލަވާލަމުން

އާބާދީ ކުޑަ ނަމަވެސް ށ.ނޫމަރާއަށް ތަރައްގީގެ ގެނެސްދެނީ ހަމައެކަނި އެމްޑީޕީގެ ވެރިކަމުގައި ކަމަށް ނޫމަރާގެ ކެމްޕޭން މެނޭޖަރު މުހައްމަދު ނިޒާރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކޭމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އާދިއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތުވަނީ ނޫމަރާއަށް ވަޑައިގެންފައެވެ. އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ނިޒާރު ވިދާޅުވީ މިހިނގާ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް-19އާ ގުޅިގެން މަސައްކަތްތައް ކުރުމަށް ލިބިގެންދިޔައީ ތިން އަހަރު ކަމަށާއި، އެތިން އަހަރުގެ ތެރޭގައި ގިނަ މަޝްރޫއުތައް އެރަށުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ 500 މީހުންގެ އާބާދީއެއް ހަމަނުވި ނަމަވެސް ނޫމަރާއަށް އަޅާލީ އެމްޑީޕީން ކަމަށެވެ.

ނިޒާރު ވިދާޅުވީ ތަރައްގީގެ ބައެއް މަޝްރޫއުތައް އެކިއެކި ސަބަބުތަކާއި ގުޅިގެން މިހާރު ހުއްޓިފައިވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ފެނާއި ނަރުދަމާގެ މަސައްކަތްތާއި، އިންޖީނުގޭގެ އައު އިމާރާތާއި، އޮފީސް އިމާރާތާއި، ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ހޯލް، ސްކޫލުގެ 4 ކްލާސްރޫމްގެ ދެބުރި އިމާރާތާއި، ކައުންސިލް އިދާރާގެ އައު އިމާރާތް، މިހުރިހާ މަސައްކަތްތަކެއް މިކުޑަ ވަގުތުކޮޅުގެ ތެރޭގައި ފެށިގެން ކުރިއަށްދާކަން. މިއީ ކުރިއަށް އޮތް 50 އަހަރަށް ވެސް ނޫމަރާގެ ރައްޔިތުން ހުވަފެނުން ވެސް ދެކެފައިނުވާ ފަދަ ހަލުހިކަމާއެކު ކުރިއަރަމުންދާ ތަރައްގީގެ މަޝްރޫއުތަކެއް. ނަމަވެސް އެކިކަހަލަ ސަބަބުތަކާއި ހުރެ ބައެއް މަޝްރޫއުތައް މިވަގުތަށް މަޑުޖެހިފައި ވާތީ މި ނޫމަރާގެ ރައްޔިތުންގެ ކަންބޮޑުވުމެއް. އަދި ހުއްޓިފައިވާ މަޝްރޫއުތައް ވީހާ ވެސް އަވަހަށް ކުރިއަށް ގެންގޮސް އަވަހަށް މީގެ ހެޔޮ އަސަރު ވީހާ ވެސް އަވަހަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންގެ އެދުމެއް.
ކެމްޕޭން މެނޭޖަރު މުހައްމަދު ނިޒާރު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި ނިޒާރު ވިދާޅުވީ ރައީސް ސާލިހަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ނޫމަރާގެ ރައްޔިތުން ތިބީ ތައްޔާރަށް ކަމަށެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ތަރައްގީގެ ޕްލޭން ހަދަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް 5 އަހަރަށް ބޭނުންވާ ކަންތައްތައް ރައްޔިތުންގެ މަޝްވަރާއާއެކު ރައީސް އޮފީހާއި ވަނީ ހިއްސާކުރެވިފައި. އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ނޫމަރާގެ ޒުވާނުންނަށް ކޮމިއުނިޓީ ސެންޓަރެއް ގާއިމްކޮށްދިނުމާއި، އަދި ޒުވާނުންނަށް ކުޅިވަރު ކުޅެމުންދާ ފުޓްބޯޅަ ދަނޑު ޓާފުއަޅައި ރަނގަޅު ފެންވަރަށް ތަރައްގީ ކުރުމާއި 500 މީހުންގެ އާބާދީ އަށް ޒަމާނީ ފެންވަރުގެ މިސްކިތެއް ގާއިމްކޮށްދިނުމާއި ނޫމަރާ ސްކޫލު އެއްދަންފަޅިއަށް ކިޔަވައިދިނުން ބަދަލުކުރުމަށް އިތުރަށް ބޭނުންވާ ހަތަރު ކްލާސްރޫމް ގާއިމްކުރުމާއި، އޭޓީއެމް އަދި ފުލުހުންގެ ޚިދުމަތް މިއީ މިވަގުތަށް ކުރިއަށް އޮތް ފަސް އަހަރަށް ބޭނުންވާ ވަރަށް މުހިންމު ކަންތައްތައް ކަމުގައިވާތީ ރައީސްގެ އަރިހުގައި އެދެން.
ކެމްޕޭން މެނޭޖަރު މުހައްމަދު ނިޒާރު

ނިޒާރު ވިދާޅުވީ ނޫމަރާއަށް ތަރައްގީ ލިބެން އޮތީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި، ކުރިއަށް އޮތް ފަސް އަހަރަށް ރައީސް ސާލިހު އިންތިޚާބު ކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް