ކ. މާލެ
|
8 ޖުލައި 2023 | ހޮނިހިރު 09:52
ޚަދީޖާ ހުސައިން
ޚަދީޖާ ހުސައިން
ސޯޝަލްމީޑިއާ
ޚަދީޖާ ހުސައިން އަވަހާރަވުން
ޕްރިންސިޕަލް ޚަދީޖާ އަވަހާރަވުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ތައުޒިޔާ ފޮނުވައިފި
ތައުލީމީ ދާއިރާއަށް އަގުހުރި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ
ހަދީޖާ އަވަހާރަވުމަކީ މުޅި ތައުލީމީ އާއިލާއަށް ލިބުނު ފުން ހިތާމައެއް

މަދްރަސަތުލް އަމީރު އަހުމަދު ޕްރީސްކޫލުގެ ކުރީގެ ޕްރިންސިޕަލް، ޚަދީޖާ ހުސައިން އަވަހާރަވުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ތައުޒިޔާ ފޮނުވައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މ. ކޮޅުފުށީ ދިލްބަހާރުގޭ ޚަދީޖާއަކީ ތައުލީމީ ދާއިރާއަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭކަނބަލެއް ކަމަށެވެ.

ހަދީޖާ ވަނީ މަދްރަސަތުލް އަމީރު އަހުމަދު ޕްރީސްކޫލުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެ ސްކޫލުގެ މުދައްރިސްކަމާއި، ލީޑިންގ ޓީޗަރުކަމާއި، ޕްރިންސިޕަލްގެ މަގާމުވެސް އަދާކުރައްވާފައެވެ. ޚަދީޖާއަކީ ދަރިވަރުންނާއި، ބެލެނިވެރިންނާއި، އެކުގައި މަސައްކަތްކުރި ފަރާތްތަކުގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ޓީޗަރެކެވެ.

ޚަދީޖާ އަވަހާރަވުމަކީ މުޅި ތައުލީމީ އާއިލާއަށް ލިބުނު ފުން ހިތާމައެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ 07 ޖުލައި 2023 ވީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ދިޔައީ ކެންސަރަށް ފަރުވާ ހޯއްދަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް