ކ. މާލެ
|
5 ޖުލައި 2023 | ބުދަ 06:34
ޕާސްޕޯޓް
ޕާސްޕޯޓް
ރާއްޖެއެމްވީ
ޕާސްޕޯޓުގެ ޚިދުމަތް
ޕާސްޕޯޓުގެ ޚިދުމަތް އެއްކޮށް ޑިޖިޓަލައިޒްކޮށް، ޚިދުމަތްދޭ ވަގުތުތައް އިތުރުކޮށްފި
މި ބަދަލު ގެނައުމުގެ ކުރިން ޕާސްޕޯޓު ދޫކުރަމުން ދިޔައީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް
ޕާސްޕޯޓު ސެކްޝަންގެ ޑިއުޓީ ރޭގަނޑު 9:00 އަށް މި ބުދަ ދުވަހުން ފެށިގެން ވަނީ އިތުރުކޮށްފަ

5 ޖުލައި 2023 އިން ފެށިގެން ޕާސްޕޯޓުގެ ޚިދުމަތް އެއްކޮށް ޑިޖިޓަލައިޒްކޮށް، ޕާސްޕޯޓު ޚިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް އިތުރުކޮށްފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިމިގްރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން 5 ޖުލައި 2023 ވަނަ ދުވަހުން ފެށިގެން ޕާސްޕޯޓު ޚިދުމަތް އެއްކޮށް ޑިގިޓަލައިޒްކޮށްފައިވާ ކަމަށާއި، ޕާސްޕޯޓު ޚިދުމަތްދޭ ވަގުތު ރޭގަނޑު 9 އަކާއި ހަމައަށް އިތުރުކުރަން ނިންމަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހަނަފީ ވިދާޅުވީ މި ބަދަލުތަކަކީ ރައްޔިތުން އެދޭފަދަ، ލުއި ފަސޭހަ އަދި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް ގެނެވުނު މުހިންމު ބަދަލުތަކެއް ކަމަށެވެ.

މި ބަދަލު ގެނައުމުގެ ކުރިން ޕާސްޕޯޓު ދޫކުރަމުން ދިޔައީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ.

އެހެންނަމަވެސް، ޕާސްޕޯޓު ސެކްޝަންގެ ޑިއުޓީ ރޭގަނޑު 9:00 އަށް މި ބުދަ ދުވަހުން ފެށިގެން ވަނީ އިތުރުކޮށްފައެވެ.

މި ބަދަލު ގެނައި ނަމަވެސް ޕާސްޕޯޓާއި ހަވާލުވުމަށް ނަމްބަރު ދޫކުރަމުންދާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 12:45 އިން ހަވީރު 5:00 އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް