ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 11:52
ވިނަރެސް ފްލެޓްތައް
ވިނަރެސް ފްލެޓްތައް
ރާއްޖެއެމްވީ
ވިނަރެސް ފްލެޓް
ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި މި މަހު ހަވާލުކުރަނީ
އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިދިޔަ މަހު ވަނީ ފަށާފައި
މިހާތަނަށް އެއްބަސްވުމުގައި ސޮއިކުރީ ކިހާ ބަޔަކު ކަމެއް ސާފެއް ނުވޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑިތައް މިމަހު ހަވާލުކުރަން ފަށާނެ ކަމަށް އަރބަންކޯއިން ބުނެފިއެވެ.

އަރބަންކޯއިން ވަނީ މިކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ.

ވިނަރެސް ފްލެޓަށް ހޮވިފައިވަނީ މާލޭގައި ރަޖިސްޓްރީނުވެ، ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީއިން 1094 މީހުންނަށާއި، މާލޭގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން 267 މީހުންނަށެވެ.

Advertisement

އަރބަންކޯއިން ވަނީ ފްލެޓް ލިބޭ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިދިޔަ މަހު ފަށާފައެވެ. މިހާތަނަށް މި އެއްބަސްވުމުގައި ސޮއިކުރީ ކިހާ ބަޔަކުކަން ހޯދުމަށް މަސައްކަތްކުރުމުން އަދި މިހާތަނަށް އެއްބަސްވުމުގައި ސޮއިކުރީ ކިހާ ބައެއްކަން ސާފުވެފައެއް ނުވެއެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވެއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ. ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓު ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓްތަކުގައި 3 ކޮޓަރި އަދި 3 ފާހާނަ އަދި ބެލްކަނީ ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް