Advertisement
ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 19:13
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
އެމްޑީޕީ
މަޖިލީހުގެ ޖަލްސާތައް
މަޖިލިސް ކުރިއަށް ގެންދަން މަޖިލީހުގެ ތެރެއިން ހައްލު ހޯދުމުގެ އުންމީދު އެބައޮތް، ކޯޓަށް ދާނީ ފަހު ކަމަކަށް - އަސްލަމް
މަޖިލީހުގެ ތެރެއިން އަދިވެސް އެ މައްސަލައަށް ހައްލު ހޯދުމަށް އުންމީދުކުރައްވާ ކަަމަށް އަސްލަމް ވިދާޅުވި
ކޯޓަށް ދިއުމަކީ އެހާބޮޑަށް ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށްވެސް އަސްލަމް ވިދާޅުވި
މަޖިލީހުގެ ކޮމިޓީތައް ވަނީ ހުއްޓިފައި

މަޖިލިސް ކުރިއަށް ނުގެންދެވި އޮތް އޮތުމަށް ހައްލު ހޯދުމަށް ކޯޓަށް ދާނީ ފަހު ކަމެއްގެ ގޮތުގައި ކަމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ އެ މައްސަލާގައި ކޯޓަށް ދިއުމާމެދު ކުރިންވެސް ވާހަކަދެކެވިފައި ވާކަަމަށެވެ. އެހެންނަމަވެސް އެ ހިސާބަށް ދާނީ އެންމެ ފަހު ކަމެއްގެ ގޮތުން ކަަމަށާއި، އޭގެ ކުރިން އެ މައްސަލައަށް ހައްލު ހޯދުމަށް އެހެން ހުރިހާ ގޮތަކުން ކުރެވެން ހުރި މަސައްކަތްތައް ބައްލަވާނެ ކަަމަށެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުތައް ހެދިފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. ނަމަވެސް މިހާރު މަޖިލީހުގެ ގަވާއިދުގެ ބޭނުންކުރަމުން ދަނީ ނަހަމަ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ތެރެއިން އަދިވެސް އެ މައްސަލައަށް ހައްލު ހޯދުމަށް އުންމީދުކުރައްވާ ކަަމަށް އަސްލަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވައި، ހުއްޓުވާފައި ނުބޭއްވޭނެ ކަމަށާއި، ދާން ޖެހިއްޖެނަމަ ސްޕްރީމް ކޯޓާ ހަމަޔަށްވެސް ދާނެކަމަށް، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައިވެސް ވިދާޅުވެފައެވެ.

Advertisement

އަސްލަމް ވިދާޅުވީ ތިން ބާރު ވަކިވެފައި އޮތްއިރު މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރަންޖެހޭ ކަންކަން ނުހިނގައިގެން ސުޕްރީމް ކޯޓަށް ދިއުމަކީ އެހާބޮޑަށް ކުރައްވަން ބޭނުންފުޅުވާ ކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް ކުރަން ޖެހިއްޖެނަމަ އެކަން ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށް އަސްލަމް ވިދާޅުވިއެވެ.

މަޖިލީސް ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިއުމާއި މަޖިލީހުގެ ކޮމިޓީތައް ހުއްޓިފައި އޮތުމެވެ. މި މައްސަލަތައް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާާއެކު ހުށަހެޅުމުން، ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހޯމަ ދުވަހަށް ތާވަލްކުރިއެވެ. އެހެންނަމަވެސް އެ ޖަލްސާ 3 މިނިޓު ނުވަނީސް ވަނީ ނިންމާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް