ރައީސް ޔާމީނަކީ ހުދުމުޚްތާރު ވެރިއެއްގެ ގޮތުގައި ރައީސް މައުމޫން ޢަބްދުލް ޤައްޔޫން ސިފަ ކުރައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބު ހުށަހެޅުއްވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ކަޅު ދުވަހެއް ކަމަށާއި އެހެންނަމަވެސް ކަންބޮޑު ނުވުމަށެވެ. އަދި ރައްޔިތުންނަށް ކާމިޔާބު ލިބޭނެ ކަމަށާއި ހުދުމުޚްތާރު ވެރިކަން އަބަދުވެސް ފެއިލް ވެގެންދާނެ ކަމަށެވެ.
A black day for democracy in Malidives. No worries. People will always win. Dictatorships will always fail.
— Maumoon Abdul Gayoom (@maumoonagayoom) July 13, 2017
ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައިވަނީޕާޓީބަދަލުކުރުމާބެހޭގާނޫނެއްނުވަތަ "އެންޓިޑިފެކްޝަންގާނޫނެއް" ވުޖޫދަށްގެނައުމަށްއެންމެހާކަމާގުޅޭފަރާތްތަކަށްއަމުރުކޮށްފައެވެ. އަދިއެގާނޫނުފާސްވަންދެން ބުރާސްފަތި ދުވަހުން ފެށިގެންޕާޓީއިންވަކިވާމެންބަރުންގެގޮނޑިގެއްލޭނެކަމަށްވަނީކަނޑައަޅައިފައެވެ. މީގެއިތުރަށްމެންބަރަކުޕާޓީއިންވަކިވެއްޖެކަމަށްބަލާނީ،ޕާޓީއިންވަކިވުމަށްއެދިޕާޓީގެއޮފީހަށްސިޓީހުށަހެޅުމުންއިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީ އިން ވަކިކުރުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.