ކ. މާލެ
|
30 ޖޫން 2023 | ހުކުރު 06:14
އިމިގްރޭޝަނުން ޕާސްޕޯޓް ދޫކުރަނީ
އިމިގްރޭޝަނުން ޕާސްޕޯޓް ދޫކުރަނީ
ރާއްޖެއެމްވީ
އިމުގަ މެދުވެރިކޮށް ޕާސްޕޯޓަށް އެދެވުން
"އިމުގަ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހެޅޭ ގޮތް ހަދައިފި
އިމިގްރޭޝަނުން ބުނީ މިއީ ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ގެނައި ބަދަލެއްކަމަށް

"އިމުގަ" ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓް ހެއްދުމަށް އެދި ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މީގެކުރިން ޕާސްޕޯޓް ހައްދަންޖެހެނީ އިމިގްރޭޝަން އޮފީހަށް ގޮސް ފޯމު ފުރައި ސްކޭންކޮށްގެންނެވެ. އިމިގްރޭޝަނުން ބުނީ މިއީ ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމުގެ ގޮތުން ގެނައި ބަދަލެއްކަމަށެވެ.

Advertisement

އަލަށް ގެނެވުނު ބަދަލާއެކު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރަށް ފަސޭހަވާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މި ޚިދުމަތް ވަގުތީ ގޮތުން އިމުގަ ޕޯޓަލް މެދުވެރިކޮށް ދޭން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް