ކ. މާލެ
|
28 ޖޫން 2023 | ބުދަ 22:34
ކުޑަކުދިންގެ ހަވީރުގެ ތެރެއިން
ކުޑަކުދިންގެ ހަވީރުގެ ތެރެއިން
މާލެ ސިޓީ ކައުންސިލް
ކުޑަކުދިންގެ ހަވީރު
އެކި ހަރަކާތްތަކާއެކު ކުޑަކުދިންނަށް ޚާއްޞަ ހަވީރެއް މާލޭގައި ބާއްވައިފި
މި ހަވީރަކީ މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެއް
ފަންނުވެރިކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވޭ

އަޟްޙާ އީދުގެ މުނާސަބަތުގައި މާލެސިޓީ ކައުންސިލުން ކުޑަކުދިންގެ ހަވީރެއް ބާއްވާއިފިއެވެ.

ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ އީދު ދުވަހުގެ ހަވީރު 16:00ން 18:00ށް ސަލްޓަންޕާކުގައެވެ. މި ހަވީރުގައި؛ ކުރެހުމާއި ކުލަޖެއްސުމާއި، މިނޫންވެސް ފަންނުވެރިކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މާލެސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި ހަވީރަކީ މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ހަވީރުގެ މަގުސަދަކީ އާރޓް އެންޑް ކްރާފްޓްގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއެކު މާލެސިޓީގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް، އާއިލާއާއެކު އަޟްޙާ އީދު އުފާވެރި އީދެއްގޮތުގައި ފާހަގަކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ވަނީ މިއަހަރުގެ އަޟްޙާ އީދަށް މަރުހަބާ ކިޔުމުގެ ގޮތުން ކުލަ ބޮކިތަކާއި ގިޑިގެތަކުން މާލެއާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި އީދާ ގުޅިގެން ދަނީ ތަފާތު އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ކުޑަކުދިންނަށް ޚާއްޞަކޮށް ހަވީރުގެ ވަގުތުގައި މާލި ޕެރޭޑް، ބޮޑުމަސް ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް