Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 09:44
އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް
އިސްމާއިލް ނާއިލް ނަޝީދު
ކުރީގެ މިނިސްޓަރު އަސްލަމް
ފައިސާ ނުދެއްކި މައްސަލާގައި ކުރީގެ މިނިސްޓަރު އަސަލަމްގެ މައްޗަށް ދައުވާ ކޮށްފި
ފައިސާ ދެއްކުމަށް އަސްލަމް އަށް ހަތް ދުވަހުގެ މުއްދަތެއް ދިން
ދައްކަން އެންގީ މިނިސްޓަރުކަމުގައި ހުންނެވިއިރު މޮބައިލް ފޯނު ބިލު އަދާކުރެއްވުމަށް ޚަރަދުކުރެއްވި ފައިސާ
ދައުލަތަށް ފައިސާ ދެއްކުމަށް އެންގުމުގެ ބާރު ފިނޭންސް އަށް ލިބިގެން ނުވާ ކަމަށް އަސްލަމް ވިދާޅުވޭ

ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެ އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ދެކޮޅަށް ދައުލަތުން ދައުވާ ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން އަސަލްމްއާ ދެކޮޅަށް ސިވިލްކޯޓުގައި ދައުވާ ކޮށްފައިވާ މައްސަލައިގެ ޝަރީޢަތެއް މިއަދު ސިވިލްކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ. އެގޮތުން އެ މައްސަލަ ސިވިލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު 10:00 އަށެވެ.

ފިނޭންސްމިނިސްޓްރީން އަސަލްގެ މައްޗަށް ދައުވާ ކުރަނީ ހައުސިން މިނިސްޓަރު ކަމުގައި އަސްލަމް ހުންނެވިއިރު މޮބައިލް ފޯނު ބިލު އަދާކުރެއްވުމަށް ޚަރަދުކުރެއްވި 312،928ރ. ދެއްކުމަށް އެންގުމުން އެ ފައިސާ ނުދެއްކި މައްސަލާގައެވެ.

ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީން އަސަލަމް އަށް އަންގާފައި ވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އެފައިސާ ހަތް ދުވަހުގެ ތެރޭގައި ފިނޭސް މިނިސްޓްރީ އަށް ދެއްކުމަށް އަސަލްމް އަށް ވަނީ އަންގާފައެވެ.

އެ މައްސަލަ ފާހަގަކޮށްފައި ވަނީ ހައުސިން މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެވެ. ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވާއިދަށް ރިއާޔަތްކުރާއިރު އެ ފައިސާ އަކީ އަސްލަމް ޒިންމާވާންޖެހޭ ފައިސާއެއް ކަމަށެވެ.

ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ނުދައްކަވައިފި ނަމަ އެޓާނީ ޖެނެރަލް މެދުވެރިކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އަސަލަމް ވިދާޅުވެފައި ވަނީ ދައުލަތަށް ފައިސާ ދައްކަން އެއްވެސް މީހަކަށް އެންގުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށެވެ.

އަސްލަމް ވިދާޅުވެފައި ވަނީ ފައިސާ ދައްކަން އޭނާ އަށް ފިނޭންސް މިނިސްޓްރީން އެންގީ ސަރުކާރުގައި ހުރި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ރިޕޯޓެއް ނެރޭތީ ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލުކޮށްލަން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް