ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 08:13
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ސްޕްރީމް ކޯޓް
ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމުގައި ސްޕްރީމްކޯޓުން މީގެ ކުރިން ވެސް ވަނީ ސާބިތުކަން ދައްކާފަ: ސައީދު
ސައީދުގެ މިހެން ވިދާޅުވިއރު މެމްބަރުންގެ ގޮނޑިގެއްލޭ ގޮަތަށް މައްސަލައެއް ވަނީ ވައްދާފައި
މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މައްސަލަ ސްޕްރީމް ކޯޓަށް ވެއްދީ ބަންޑާރަނައިބް
މައްސަލަ ސްޕްރީމް ކޯޓަށް ވެއްދީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމުން

ގައުމާއި ރައްޔިތުން ހިމާޔަތް ކުރުމުގައި ސްޕްރީމްކޯޓުން މީގެ ކުރިން ވެސް ވަނީ ސާބިތުކަން ދައްކާފަ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދުގެ ތަޢުރީފް ސްޕްރީމްކޯޓަށް މި އަމާޒްވީ ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީ ސަރުކާރަށް ގެއްލި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މައްސަލައެއް އެޓާނީޖެނަރަލް ސްޕްރީމްކޯޓަށް ވައްދާފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިތުނަވެރިންގެ ރޭވުންތަކުން ގައުމާއި ރައްޔިތުން ހިމާޔަތް ކުރުން އެއީ ގައުމީ ވާޖިބެއް ކަމަށެވެ.

އެގޮތުން އެކަން ސްޕްރީމްކޯޓުން ވަނީ މީގެ ކުރިން ވެސް ސާބިތުކަމާ އެކު ދައްކުވާފައި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

 

 

ރައްޔިތުންގެ މަޖިލީހަށް ސިޔާސީ ޕާޓީއަކުން އިންތިޚާބް ވުމަށް ފަހު އެ ޕާޓީން ވަކިވުމާއި، ޕާޓީ ބަދަލަކުރުމާއި އަދި ޕާޓީން ވަކިކުރާ ހާލަތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ބަންޑާރަނައިބު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މައްސަލަ ހުށަހަޅުއްވައި، ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ޕާޓީއަކަށް ތާއީދުކޮށް، އެ ފިކުރު ޕްރޮމޯޓްކުރާނެ ކަމުގެ ޔަގީންކަން ދީގެން އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކޮށް، އެ ސިޔާސީ ފިކުރު ރައްޔިތުންނަށް ވިއްކައިގެން، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި އިންތިޚާބުވުމަށް ފަހު އެހެން ސިޔާސީ ޕާޓީއަކަށް ބަދަލުވުން ނުވަތަ ފްލޯ ކްރޮސް ކުރުމަކީ އިންތިޚާބުވި ދާއިރާގެ ރައްޔިތުންގެ ސިޔާސީ ފިކުރާއި ޚިލާފުވެ އެ ރައްޔިތުންނާއި ޕާޓީއަށް އޮޅުވާލުން ކަމަށެވެ.

- ކޮމެންޓް