ކ. މާލެ
|
26 ޖޫން 2023 | ހޯމަ 11:11
ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް
ހުޅުމާލެ ބީޗް ފްރަންޓުން ދޫކުރާ ބިންތައް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ގޯއްޗާއި ފްލެޓު
ގޯތި ލިބުނު މީހުންގެ ނަންތައް މިއަދު އިއުލާނު ކުރާނެ
ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 3000 ގޯތި ދޫކުރާނެ

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ހިންގާ ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބުނު މީހުންގެ ނަންތައް މިއަދުގެ ވަގުތެއްގައި އިއުލާނު ކުރާނެކަމަށް ޕްލޭނިންގ މިނިިސްޓްރީން ބުނެފިއެވެ.

ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ އެކަން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ.

އަކްރަމް ވިދާޅުވީ، އެކަމާ ގުޅޭގޮތުން ހޯމަ ދުވަހުގެ ހަވީރު 16:00 ގައި ރައީސް އޮފީހުގައި އޮންނަ ނޫސްވެރިންގެ ބައްދަލުވުމަށްފަހު، ބިންވެރިޔާ ސްކީމުގެ ވަގުތީ ލިސްޓު ގެޒެޓު ކުރާނެ ކަމަށެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމާއި، މާލޭ ރައްޔިތުންނާއި މާލޭގައި 15 އަހަރަށްވުރެ ގިނަ ދުވަހު އުޅެފައިވާ ފަރާތްތަކަށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި 4000 ފުލެޓަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީއިރު 35،861 ފޯމު ހުށައަޅާފައިވެއެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 3000 ގޯތި ދޫކުރާނެއެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ.

މާލެއިން ގޯތި ނުދޭތާ އެތަކެއް އަހަރުވެފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ބިން ދޫކުރުމަށް ނިންމާ، އެކަމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
12%
15%
0%
0%
12%
62%
ކޮމެންޓް