Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 22:34
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
މުހައްމަދު ޝަރުހާން
ކުނޫޒް ޕްރެސް ކޮންފަރެންސް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ރައީސް ޔާމީނަށް ފަރުވާދޭނެ ޑޮކްޓަރުންނެއް ނޫން: މުސްތަފާ
ގައުމު އިސްލާހުގެ މަގަށް ގެންނާނަން
ޕާޓީން ވަކި ނުކުރެވޭނެ އެއްވެސް ގޮތެއް ނެތް
ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ސުޕްރީމް ކޯޓުގެ ތެރެއިންވެސް ބާރު ފޯރުވުމަށް

ސުޕްރީމް ކޯޓަކީ ރައީސް އަބްދުﷲ ޔާމީނަށް ފަރުވާ ދޭނެ ޑޮކްޓަރުންނެއް ނޫން ކަމަށާއި ސުޕްރީމް ކޯޓުން އަމަލުކުރައްވަންޖެހޭނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ތިމަރަފުށީ ދައިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން މުސްތަފާ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 15 ވަނަ މާއްދާ އާއި 18 މާއްދާގެ އިތުރުުން، ޕީޕީއެމްގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން ޕާޓީން ވަކި ވުމަށް އެދި ހުށަހެޅުމުން ޕާޓީން ވަކި ނުވެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަަމަށެވެ. އެގޮތުން ނޯޓިސްއެއް ނުދީވެސް މެންބަރުންނަށް ޕާޓީން ވަކި ކުރުމުގެ ބާރު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، ރައީސް ޔާމީން އަބަދުވެސް މަސައްކަތް ކުރައްވަނީ، ބާރު ފޯރުވުމަށް ކަމަށާއި ގޭންގްސް ސްޓާރުން، ގޭންގު ހިންގާ ގޮތަށް ސަރުކާރު ނުހިންގޭނެ ކަމަށެވެ. އެގޮތުން ސަރުކާރު ހިންގުމުގައި ވަކި އުސޫލުތަކެއް ގާނޫނުތަކެއް ކަނޑައެޅިފައިވާ އިރު ރައީސް ޔާމީންގެ އަމިއްލަ ގޮތްތަކެއް ކަނޑަނޭޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ސުޕްރީމް ކޯޓުގެ ތެރެއިންވެސް ބާރު ފޯރުވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަކުންވެސް ރައީސް ޔާމީން ބޭނުންވާހާ ގޮތަކަށް ބޭނުންހާ ކަމެއް ނުކުރެއްވޭނެ،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، ސަރުކާރު އޮތީ ނޭވައި ހޮޅިއަށް އެޅިފައިވާކަން މިހާރު ފެންނަމުންދާ މަންޒަރުތަކުން ޔަގީންވާ ކަމަށެވެ.

ސަރުކާރުން މިކުރާ ނާޖައިޒް، ބޭއިންސާރު އަމަލުތަކަށް ގައުމު އިސްލާހު ކުރުމަށް މިކުރާ މަސައްކަތުން ކާމިޔާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް