Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 22:33
 ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު
ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު
ޕީޕަލް މެގަޒިން
އިދިކޮޅު ހަރަކާތް
ސަރުކާރު ބަދަލުކުރާކަށް ނޫޅެން، މަސީހު ބަދަލުކޮށްގެން ނޫނީ އިސްލާހެއް ނުގެނެވޭނެ: އިލްހާމް
އިސްލާހީ މަސައްކަތަށް އެހީވެވޭނީ މަސީހު ދުރުކޮށްގެން
އަޅުގަނޑު ނަގަން ޖެހޭ ޑިސިޝަން ނެގީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި

ސަރުކާރު ބަދަލުކުރަން ނޫޅޭ ކަމަށާއި އެހެނަސް މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހު ބަދަލުކޮށްގެން ނޫނީ މަޖިލިސް އިސްލާހު ނުކުރެވޭނޭކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފޯން މެދުވެރިކުރައްވާ ދެއްވި ބަސްދީގަތުމެއްގައި އިލްހާމް ވިދާޅުވީ، އެބޭފުޅުން އިސްލާހީ ހަރަކާތާއި ގުޅިވަޑައިގަތީ، އެތައް ދުވަހަކު ކެތްކުރުމަށްފަހު އެތައް ގޮތަކުން ރައީސް ޔާމީނަށާއި މަޖިލީހުގެ ރައީސަށް ކަންކަން އިސްލާހުކުރުމަށް އެތައް ފުރުސަތެއް ދީފައިކަމަށެވެ.

އޭނާ ވިދާޅުވީ، އެބޭފުޅުންގެ މަސައްކަތަކީ ސަރުކާރު ބަދަލުކުރުން ނޫންކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު ބަދަލުކޮށްގެން ނޫނީ މަޖިލީހުގެ ތެރެއިން ކަންކަމަށް އިސްލާހެއް ގެނެވެން ނެތްކަން އިލްހާމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ނަގަން ޖެހޭ ޑިސިޝަން ނަގާނީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނަން، އަޅުގަނޑު ދާނީ ކުރިއަށް" އިލްހާމް ވިދާޅުވިއެވެ.

އިލްހާމު ވިދާޅުވީ، އޭނާ އިސްލާހީ މަސައްކަތާއި ގުޅިވަޑައިގަތީ، ކަންކަން ގޯހުން ގޯހަށް ދާތަން ފެނުނީމާ އެތަން ބަލަން އިންނަން ކެތް ނުކުރެވިގެން ކަމަށެވެ.

"އަޅުގަނޑުގެ ފުރާނައިން ގަބޫލުކުރެވިގެން މިކަން ނިންމީ" އިލްހާމް ވިދާޅުވިއެވެ.

މަޖިލީހުގައި ކަންކަން ހިނގައި ދިޔައީ ރަނގަޅަށް ނޫންކަމަށާއި، ފާއިތުވެ ދިޔަ ދުވަސްތަކުގައި ކެތްކޮށްގެން ހުރީ ކަންކަން އިސްލާހުވޭތޯކަމަށް އިލްހާމް ވިދާޅުވިއެވެ.

އަދި އެކަންކަން އިސްލާހުނުވެ، ދިގުލައިގޮސް، ދޮޅުމަހެއްހާ ދުވަހު ބެލުމަށްފަހު މި ޑިސިޝަން ނަގަން މަޖުބޫރުވީ، ގައުމުގެ މުސްތަގުބަލާއި ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމު ވިދާޅުވިގޮތުގައި، މި އިސްލާހީ މަސައްކަތަށް އެހީވެވޭނީ މަސީހު ދުރުކޮށްގެންނެވެ.

މަސީހު ދުުރުކުރަން ޖެހެނީ، ގާނޫނު އަސާސީއާއި ފުށުއަރާ އެތަށް ކަމެއް މަޖިލީހުގެ ތެރެއިން ހިންގާފައިވާތީ ކަމަށް އިލްހާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެބޭފުޅުންގެ މި މަސައްކަތަކީ، ރައީސް ޔާމީން ވެރިކަމުން ދުރުކުރުން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މީ ދިވެހި ރައްޔިތުންނަށްޓަކައި ކުރާކަމެއް ކަމަށެވެ.

އިލްހާމު ވިދާޅުވި ގޮތުގައި މި އަޅުވެތިކަމުގައި، އަބަދުތިބެވޭކަށް ނެތެވެ. އަދި ގާނޫނާއި ޚިލާފަށް ކަންކަން ކުރައްވާ ފަރާތްތަކާއި ގާނޫނު އަރާހަމަކުރާތަން ވަރަށް އަވަހަށް ފެންނާނެެއެވެ.

 

ރާއްޖޭން ބޭރުގައި މިވަގުތު ހުންނެވި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ފޯނުން ވާހަކަ ދައްކަވަމުން ވިދާޅުވީ ވަރަށް ގިނަ ކަންކަން މަޖިލީހުގައި ހިނގާ ގޮސްފި ކަމަށާއި އެ ބޭފުޅުން މިފަހަރު މިތިއްބެވީ ރައްޔިތުންނާއެކުގައި ކަމަށެވެ.

 

"ގުޅިފައިވާ ޕާޓީތަކާއެކު ސާބިތުކަމާއެކު، އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށު ނުވެ ހުންނާނަން،"ޖުމްހޫރީ ޕާޓީން ޕީޕީއެމްއަށް ބަދަލުވެވަޑައިގަތުމަށް ފަހު، މި ހަފުތާގައި ޕީޕީއެމް އިން ވެސް އިސްތިއުފާ ދެއްވި ޝަހުދީ ވިދާޅުވި އެވެ. 

 

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވީ އޭނާ ހުންނެވީ  އިސްލާހީ މަސައްކަތްތާއެކު ކުރިއަށްދާ ވަރަށް އަޒުމާއެކު ކަމަށެވެ.

 

"މަޖިލީހުގުގައި ކުރެވޭ މަސައްކަތަކީ ދިވެހިރައްޔިތުންގެ ލާބައާ މުސްތަގުބަލަށް ކުރެވޭ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ. 

 

" އިންސާފާ ހަމަހަމަ ކަމާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ފަނޑިޔާރުންނަށް ގޮވާލަން"

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 08:18
އިއްސެ
އިދިކޮޅާއި ގުޅުނީތީ އިލްހާމަށް ޝުލުރިއްޔާ
13 ޖުލައި 2017 | ބުރާސްފަތި 08:18
އައިޑޯންޓް ނޯ ރިއަލީ
އިލްހާމްއާއި އިނދިކޮޅު ފަރާތްތަކުން ތިކުރާ މަސައްކަތަށް މަރުހަބާ
13 ޖުލައި 2017 | ބުރާސްފަތި 08:17
އާދަނު
އިލްހާމް އަކީ ހީރޯއެއް
13 ޖުލައި 2017 | ބުރާސްފަތި 08:16
ހަސަން
ބަޔަކު ކިތަންމެ އަސަރެއްކުރިއަސް އިލްހާމް އަޙްމަދަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި ގައުމިއްޔަތަށް ބުރޫ އަރާ މިފަދަ ކޮންމެ ދަނޑިވަޅެއްގައި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ ފަރާތެއް.
12 ޖުލައި 2017 | ބުދަ 23:14
ައަލަބެއްޔާ/ގެމަނަފުށި
ޢިލްޙާމް ތިޔައުޅުއްވަނީ ދޯނީގެ އިންޖީނުހަލާކުވެގެން އިންޖީނެއްހޯދަންވެގެންނެވެ ޔާމީން އަތުން އެންޖީނެއް ނުލިބިގެން ކޮޅުބަދަލުކޮށްލީއެވެ