Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 21:57
ޑރ ޖަމީލް ނައިބު ރައީސްކަމުގެ ހުވާ ކުރައްވަނީ
ޑރ ޖަމީލް ނައިބު ރައީސްކަމުގެ ހުވާ ކުރައްވަނީ
ރައީސް އޮފީސް
ރައީސް ޔާމިން
ރައީސް ޔާމީން ބަލި ޤަބޫލުކުރައްވައިފި: ޑރ ޖަމީލް
އެތައް ކަންތައްތަކަށް އިއުތިރާފު ލިބިއްޖެ
އަންނަ ބަޔަކު ކުރަންޖެހޭ ތަހްޤީޤް ފަސޭހަވެގެންދާނެ

ރައީސް ޔާމީން ބަލި ޤަބޫލުކުރައްވައިފިކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވީ ބުދަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.

ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީން ބަލި ޤަބޫލުކުރައްވައިފި ކަމަށާއި އެތައް ކަންތައްތަކަށް އިއުތިރާފު ލިބިއްޖެކަމަށެވެ. އަދި ދެން އަންނަ ބަޔަކު ކުރަންޖެހޭ ތަހްޤީޤް ފަސޭހަވެގެންދާނެ ކަމަށާއި ޙުކުމް ސާފުވެއްޖެކަމަށެވެ.

މަޖިލީހަށް މިއައި ބަދަލާއެކު ދިވެހި ގައުމަށް ސިޔާސީ ހަމަޖެހުން ގެނައުމަށްޓަކައި ރައީސް ޔާމީން ރައީސް ކަމުގެ މަޤާމުން ވަކިވުމުގެ މަސައްކަތް ފަށަންޖެހޭ ކަމަށްވެސް ޑރ ޖަމީލް ވަނީ ކުރިން ވިދާޅުވެފައެވެ.

ސަރުކާރަށް އޮތް ތާއީދު ގެއްލި ގޮތް ހުސްވުމުން ޝަރުއީ ދާއިރާ މެދުވެރިކޮށް ވެރިކަމުގައި ތިބެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީން ވިދާޅުވީ އަޒުލުކުރެވޭ މިންވަރަށް ވޯޓް ހަމަ ކުރެވުނު ނަމަވެސް، ޖާއިޒު ގޮތެއްގައި އެ މަނިކުފާނު މަގާމުން ދުރުނުކުރެވޭނެ ކަމަށާއި ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ޑރ ޖަމީލުގެ އިތުރަން ސިޔާސީ އެކި ފަރާތްތަކުން އަންނަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާއި ގުޅިގެން ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް