Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 21:06
އައްޑޫ ސިޓީ ލިންކްރޯޑްގައި ހިނގި އެކްސިޑެންޓުގައި ކާރަށް ގެއްލުން ވެފައި
އައްޑޫ ސިޓީ ލިންކްރޯޑްގައި ހިނގި އެކްސިޑެންޓުގައި ކާރަށް ގެއްލުން ވެފައި
ރާއްޖެއެމްވީ
އައްޑޫ އެކްސިޑެންޓް
އައްޑޫ ސިޓީ ލިންކްރޯޑްގައި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވުމުން

އައްޑޫ ސިޓީ ލިންކުރޯޑްގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ ބުދަ ދުވަހުގެރޭ ލިންކު ރޯޑުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ރުކެއްގައި ޖެހި ފުރޮޅާލުމުގެ ސަބަބުން ކަމަށެވެ.

ކާރު ރުކުގައި ޖެހި ވިއްސައިގެން ގޮސް ކާރު ކުރިމަތިން ދުއްވާފައި ދިޔަ އެމްއާރްޑީސީގެ ޕިކަޕެއްގައި ޖެހި ކާރު ވަނީ ފުރޮޅާލާފައެވެ. އަދި ކާރު ރުކުގައި ޖެހުމުގެ ސަބަބުން ރުއް ބިންދައިގެން ދިޔަކަމަށް ޞާދިޤް ވިދާޅުވިއެވެ.

ޞާދިޤް އިތުރަށް ވިދާޅުވީ ކާރު ތެރޭގައި ތިބީ ހަތަރު ފިރިހެނުން ކަމަށާއި މިހާރު އެ ހަތަރު މީހުންވެސް އައްޑޫ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންގެންދާ ކަމަށެވެ. އަދި އެމްއާރްޑީސީގެ ޕިކަޕް ދުއްވަން އިނީ ފިރިހެނެއް ކަމަށާއި އެމީހާއަށް އެއްވެސް އަނިޔާއެއް ނުލިބޭކަމަށެވެ.

ކާރުގައި ތިބި ހަތަރު ފިރިހެނުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ސާފުނުވާ ކަމަށް ޞާދިޤް ވިދާޅުވިއެވެ.

  

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް