Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 17:50
ރާއްޖެޓީވީ ޕްރޮގްރާމެއްގައި މަހްފޫޒް ވާހަކަފުޅު ދައްކަވަނީ
ރާއްޖެޓީވީ ޕްރޮގްރާމެއްގައި މަހްފޫޒް ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
އަދީބުގެ ބޭސްފަރުވާގެ މައްސަލަ
އެމްއެމްޕީއާރްސީއިން ގެއްލުނު ފައިސާ ދައުލަތައް ދައްކަން އަދީބުގެ މައްޗަށް ޝަރުޢީ ހުކުމެއް ނެތް: މަހްފޫޒް
އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމުގެ ސަރުކާރުގެ އެއްވެސް ނިޔަތެއް ނެތް

އެމްއެމްޕީއާރްސީއިން ގެއްލުނު ފައިސާ ދައުލަތައް ދައްކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޝަރުޢީ ހުކުމެއް ނެތްކަމަށް އަދީބުގެ ގާނޫނީ ވަކީލް  މަހްފޫޒް ސައީދު ވިދާޅުވެއްޖެއެވެ.

މަހްފޫޒް މިހެން ވިދާޅުވީ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމުންކަމަށް ރައީސް އަބްދުﷲ ޔާމީންވަނީ އަންގާރަ ދުވަހުގެ ރޭ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް ނުވަތަ ސަރުކާރު ދޫކޮށްލާފައި ވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެމްބަރުން، އަދީބު ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް އެމަނިކުފާނަށް މަޖުބޫރު ކުރައްވަމުން ގެންދެވި ކަމަށެވެ.

ޕީޕީއެމް ދޫކުރައްވާ ވަޑައިގަންނަވާ މެންބަރުން އަހުމަދު އަދީބު ބޭސްފަރުވާއަށް ފޮނުވަން މަޖުބޫރުކުރަންވީ ކީއްވެގެން ތޯ ރައީސް ޔާމީންވަނީ ސުވާލު އުފައްދަވާފައެވެ. އަދި ބައެއް މެމްބަރުން އެހެން އެދުނަސް އެކަމަށް ތަބާވެވަޑައިނުގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަހްފޫޒްވަނީ އަދީބަށް ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދިނުމުގެ ސަރުކާރުގެ އެއްވެސް ނިޔަތެއް ނެތްކަން ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް