ކ. މާލެ
|
18 ޖޫން 2023 | އާދީއްތަ 17:38
ލުތުފީ އެނބުރި މާލެއަށް އައި ދުވަހުގެ މަންޒަރެއް
ލުތުފީ އެނބުރި މާލެއަށް އައި ދުވަހުގެ މަންޒަރެއް
ޝުއައިބް މުހައްމަދު އިގްބާލް
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
އޭނާ ލަންކާ ފުލުހުންނާ އަމިއްލައަށް ހަވާލުވެގެން މާލެ ގެނައީ 2019ގައި
އޭނާ ފިލީ 2010 ވަނަ އަހަރު

ނޮވެމްބަރ ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއަށް އިއްވި 25 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ކުރި ހުކުމް ތަންފީޒުކޮށް ނިމުމުން މިހާރު ތަންފީޒު ކުރަމުންދަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން ފިލައިގެން އުޅުނު މައްސަލައިގައި 7 މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ.

ބަޣާވާތުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން ފިލައިގެން އުޅުނު މައްސަލައިގައި 7 މަހާއި 18 ދުވަހަށް އޭނާ ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 10 މާރޗް 2021 ވީ ބުދަ ދުވަހެވެ.

ބަޣާވާތުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށް ލާފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް އޭނާ ފޮނުވާލީ 2010 ވަނަ އަހަރުއެވެ. އޭރު ހޯމް މިނިސްޓްރީން އޭނާ ފޮނުވީ އަމިއްލަ ހަރަދުގައި ބޭސްފަރުވާކުރުމަށް 2010 ވަނަ އަހަރުގެ ޖެނުއަރީގައި އެއް އަހަރު ދުވަހަށް ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއްގެ ދަށުންނެވެ. ނަމަވެސް އޭނާ އޭރުން ފެށިގެން ސްރީ ލަންކާގައި އެއްވެސް ލިޔެކިއުމެއް ނެތި ފިލައިގެން އުޅުމަށް ފަހު އެގައުމުގެ ފުލުހުންނާ އަމިއްލައަށް ހަވާލުވީ 2019 ގައެވެ. އޭރު އެގައުމުގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ވިސާ ނެތް މީހުންނާ މެދު ވަރަށް ހަރުކަށިކޮށް އަމަލުކުރަމުންދަނިކޮށް ލުތުފީ އަމިއްލައަށް ހަވާލުވީ ސަލާމަތްވުމަށް ކަމަށް ވެސް ބުނެއެވެ.

އޭނާ ރާއްޖެ ގެނައީ ހަމަ އެ އަހަރުގެ ޖުލައި މަހުގައެވެ. އޭނާ މިނިވަންކަން މަތީގައި އެއްވެސް ކުށެއް ނެތް މީހެއް ފަދައިން އިއްޒަތާއި ގަދަރުގައި ގެނައި ކަމަށް ބުނެ އެތައް ބައެއް އެކަމާ ފާޑު ވެސް ކިޔާފައިވެއެވެ.

2019 ގައި މާލެ ގެނައި އިރު ބަޣާވާތުގެ ކުށުގައި އޭނާގެ މައްޗަށް ކުރި ހުކުމުގައި ބާކީ އޮތީ ހަތަރު އަހަރެވެ. އެ ހުކުމުގެ ބާކީ ބައި ތަންފީޒުކޮށްނިމިފައިވާއިރު، ބޭސްފަރުވާއަށް ފޮނުވުމުން ފިލި މައްސަލައިގައި އޭނާއަށް އުފުލާފައި ވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް