Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 16:44
ޑރ ބިލާލް ރާއްޖެ ވަޑައިގަތީ "ދަ ލެގަސީ" ގެ ދަށުން ބާއްވާ ދަރުސެއް ދެއްވުމަށް
ޑރ ބިލާލް ރާއްޖެ ވަޑައިގަތީ "ދަ ލެގަސީ" ގެ ދަށުން ބާއްވާ ދަރުސެއް ދެއްވުމަށް
ރާއްޖެ އެމްވީ
ޤަތަރުގެ މައްސަލަ
ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޤަތަރަށްވީ ފައިދާ: ޑރ ބިލާލް ފިލިޕްސް
ޑރ ބިލާލް ރާއްޖެ ވަޑައިގަތީ "ދަ ލެގަސީ" ގެ ދަށުން ބާއްވާ ދަރުސެއް ދެއްވުމަށް
"ދަ ލެގަސީ" އިފްތިތާހު ކުރަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު
ޕީސް ފައުންޑޭޝަނަކީ ރާއްޖޭގައި އިޖުތިމާއީ އަދި ދީނީ ކަންކަން ދިރުވުމަށް 2010 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެއް

 ސައުދީ އަރަބިއްޔާ އިސްވެ އޮވެ ގަތަރާމެދު އަޅާފައިވާ ފިޔަވަޅުތަކުން އެ ގައުމަށްދަނީ އިގްތިސާދީ އިތުރު ފައިދާތައް ވަމުންކަމަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމު ވެރިޔާ ޑރ ބިލާލް ފިލިޕްސް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.

ޕީސް ފައުންޑޭޝަނުން "ދަ ލެގަސީ" ގެ ނަމުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން ޚާއްސަ ދަރުސެއް ދެއްވުމަށް މާލެ ވަޑައިގެން އިއްޒުއްދީން ފާލަމުގައި ރާއްޖެޓީވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ބިލާލް ފިލިޕްސް ވިދާޅުވީ، ޤަތަރުން މީގެ ކުރިން ނުކުރާ ކަންކަން ކުރަން ޖެހިފައިވާކަމަށެވެ.

"އެނގި ލައްވާތޯ މިހާރު އެ މީހުން އަމިއްލައަށް ކިރު އުފެއްދުމަށް އެހެން ގައުމުތަކުން ގެރިވެސް އެތެރެކުރޭ، މީގެ ކުރިން އެމީހުން އުޅެނީ އެހެން ގައުމުތަކަށް ބަރޯސާވެގެން" ޤަތަރުގައި ދިރިއުޅުއްވާ ޖަމައިކާއަށް އުފަން ކެނެޑާގެ ރައްޔިތެއްކަމަށްވާ ބިލާލް ވިދާޅުވިއެވެ.

ޤަތަރުން ޓެރެރިޒަމަށް ވާގިވެރިވެދޭކަމަށްބުނެ ސައުދީއަރަބިއްޔާއާއި މިސްރާއި،ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހްރެއިނުން ވަނީ ޖޫންމަހުގެ 5 ވަނަ ދުވަހު ގަތަރާ ގުޅުން ކަނޑާލައި އެ ގައުމަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ކިރާއި ތަރުކާރީއާ މޭވާގެ ބާވަތްތައް މަދުވިޔަ ނުދީ އެގައުމަށް ފޯރުކޮށްދެމުންދަނީ އީރާނާއި ތުރުކީއިންނެވެ.

މީގެ ދެ ހަފްތާކުރިންވެސް ގަތަރުންވަނީ އެމެރިކާއާއި އޮސްޓްރޭލިޔާއިން 4،000 ގެރި ގަނެފައެވެ.

ބިލާލް ފިލިޕްސް ވިދާޅުވީ މިހާރު ގަތަރުން ދަނޑުވެރިކަމާއި އެހެން ދާއިރާތަކާމެދުވެސް ވިސްނަމުންދާކަމަށެވެ. އަދި މިކަމަކީ އެގައުމަށް އައު ފުރުސަތަކަށް ވެފައިވާ ކަމަށެވެ.

އިސްލާމީ ދުނިޔޭގެ އެއްބައިވަންތަކަމަށް އަސަރު ކުރާނެތޯ ދެންނެވުމުން ޑރ ބިލާލް ވިދާޅުވީ މިފަދަ ކަންކަމަކީ ސިޔާސީ ކަންކަން ކަމަށާއި އެކަހަލަ ކަންކަން އައިސް ގޮސްވާނެ ކަމަށެވެ.

ފަސް ދުވަސް ވަންދެން ޑރ. ބިލާލް ފިލިޕްސް ރާއްޖޭގައި ހުންނަވާނެ ކަމަށާއި، މުހިންމު އެތައް ހަރަކާތްތަކެއް ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަވާނެ ކަމަށް ޕީސް ފައުންޑޭޝަނުން މީގެ ކުރިންވަނީ ހާމަކޮށްފައެވެ.

ޖުލައި މަހުގެ 13 ވަނަ ދުވަހު "ދަ ލެގަސީ" އިފްތިތާހު ކުރާއިރު މިހަފްލާގައި ބިލާލް ފިލިޕްސްގެ ޚާއްސަ ދަރުސެއް މާލޭގައި އޮންނާނެއެވެ.

ޕީސް ފައުންޑޭޝަނުން ބުނީ ފުރުސަތު ލިބުނު ވަރަކުން "ދަ ލެގަސީ" ގެ ދަށުން އަހަރަކު އެއްފަހަރު ނުވަތަ ދެފަހަރު މަޝްހޫރު ދީނީ އިލްމްވެރިއަކު ރާއްޖެ ގެންނާނެ ކަމަށާއި، ދީނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ދިވެހި ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ޕީސް ފައުންޑޭޝަނަކީ ރާއްޖޭގައި އިޖުތިމާއީ އަދި ދީނީ ކަންކަން ދިރުވުމަށް 2010 ވަނަ އަހަރު އުފެއްދި ޖަމިއްޔާއެކެވެ

މީގެ ކުރިން ޖަމްއިއްޔަތުއްސަލަފުން އިންތިޒާމުކުރި "ދަ ކޯލް" ގައި ދަރުސް ދެއްވުމަށް 2014 ވަނަ އަހަރުވެސް ބިލާލް ފިލިޕްސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް