ކ. މާލެ
|
12 ޖުލައި 2017 | ބުދަ 16:27
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު - އޭނާގެ މައްޗަށް އުފުލާފައިވަނީ ޝަޙްސު އޮޅުވާލުމުގެ ދައުވާ
ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނު - އޭނާގެ މައްޗަށް އުފުލާފައިވަނީ ޝަޙްސު އޮޅުވާލުމުގެ ދައުވާ
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ފާރިސް މައުމޫނުގެ މައްސަލަ މާދަމާއަށް ތާވަލްކޮށްފި
ފާރިސްގެ މައްޗަށް އުފުލި ދައުވާގެ އަޑުއެހުންތައް ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވޭ
ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޝަޙްސު އޮޅުވާލުމުގެ ދައުވާ
އެދައުވާގެ ލިޔެކިއުންތައް ފާރިސްއަށް މިހާރު ވަނީ ހަވާލުކޮށްފަ

އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން، އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި ޖިނާއީ ދައުވާއާ ގުޅިގެން ބައްދަލުވުމެއް ބާއްވަން މާދަމާއަށް ތާވަލުކޮށްފި އެވެ.

 

ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޝަޙްސު އޮޅުވާލުމުގެ ދައުވާ އެވެ. އެދައުވާގެ ލިޔެކިއުންތައް ފާރިސްއަށް މިހާރު ވަނީ ހަވާލުކޮށްފަ އެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުގައި ދެން އޮންނާނީ އިބްތިދާއީ ބައްދަލުވުން ކަމަށް ބެލެވެ އެވެ. ނަމަވެސް ފާރިސްގެ ގާނޫނީ ވަކީލް މައުމޫނު ހަމީދުގެ ވިދާޅުވީ ކްރިމިނަލް ކޯޓުގެ ބައްދަލުވުމެއް އޮންނާނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށް ވަނީ އަންގާފަ އެވެ. އަދި މާދާމާ އަޑުއެހުމެއް އޮތް ކަން އަދި އެނގިފައިނުވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

 

ފާރިސްގެ މައްޗަށް ޖިނާއީ ދައުވާއުފުލާފައި މި ވަނީ ގާނޫނާ ހިލާފަށް ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނާ މައްސަލއެެެއްގަ އެެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފާރިސް ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ދިދަ އާއި ލޯގޯ އެއްވެސް އިރެއްގައި އެޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ބޭނުންކުރައްވާފައި ނުވާނެ ކަމަށެވެ.

 

ލިޔުންތައް ބަދަލުކޮށް އިބްތިދާއީ ބައްދަލުވުމެއް ބޭއްވުމަށްފަހު މައްސަލާގެ އަޑުއެހުންތައް ބާއްވަން ޖެހެނީ  އަލަށް އަމަލު ކުރަން ފެށި ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އެގޮތަށް ލާޒިމް ކޮށްފައިވާތީ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ. މީގެ ކުރިން ޖިނާއީ މައްސަލައެއްގައި ދައުވާ ކުރުމުން އެ މައްސަލަ ބަލައިގަތުމުން އޮންނާނި މައްސަލާގެ ފުރަތަމަ އަޑުއެހުމެވެ. އަދި ދައުވާ އިއްވުމަށްފަހު މައްސަލާގެ ލިޔެކިއުންތައް މައްސަލަ ރައްދުވާ ފަރާތައް ހަވާލު ކުރެވޭނެ އެވެ. އަދި މައްސލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލެވޭނެއެވެ.

- ކޮމެންޓް