Advertisement
ކ. މާލެ
|
16 ޖޫން 2023 | ހުކުރު 13:11
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް
އެމްޑީޕީ ކުރިއަށް ޓުވިޓަރ
ސިޔާސީ ވާހަކަ
ބޭރު ދުނިޔެއާއި ގުޅުވައި ދޮގު ވާހަކަތައް ދައްކަނީ އެތެރޭގެ ސިޔާސީ ކަންކަމުގައި މަންފާ ހޯދުމަށް - ޝަރީފް
ޗާގޯސް އަކީ ވޭތުވެދިޔަ 500 އަހަރު ތެރޭވެސް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގިތަނެއް ނޫން
ބޭރު ދުނިޔެ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާ ޒާތުގެ ވާހަކަ ބައެއް ރިޔާސީ ކެންޑިޑޭޓުން ދައްކަވަނީ ލިބިާދާނެ ގެއްލުމަކަށް ނުބަލާ
ގައުމެއްގެ ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ

ބޭރު ދުނިޔެއާއި ގުޅުވައި ދޮގު ވާހަކަތައް ދައްކަނީ އެތެރޭގެ ސިޔާސީ ކަންކަމުގައި މަންފާ ހޯދުމަށް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ޗާގޯސް މައްސަލައަށް އަލިއަޅުވާލައްވާ ކުރެއްވި ޓްވީޓްތަކެއްގައެވެ. އޭނާ ވިދާޅުވީ ބައެއް ސިޔާސީ ލީޑަރުން ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ފަދަ ބޮޑު ދޮގެއްވެސް ހަދާފާނެކަން ޗާގޯސްއޭ ކިޔައިގެން އެ ދައްކާ ވާހަކަތަކުން އެނގިގެންދާ ކަމަށެވެ. ޗާގޯސް އަކީ ވޭތުވެދިޔަ 500 އަހަރު ތެރޭވެސް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ނޫންކަމަކީ ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އަދި އެތެރޭގެ ސިޔާސީކަންކަމުގައި ކުރިއެރުމެއް ނުވަތަ ސިޔާސީ މަންފާއެއް ހޯދުމުގެ ނިޔަތުގައި ބޭރު ދުނިޔެ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ބުރޫއަރާ ޒާތުގެ ވާހަކަ ބައެއް ރިޔާސީ ކެންޑިޑޭޓުން ދައްކަވަނީ އެކަމުން ގައުމަށް ލިބިދާނެ ބޮޑު ގެއްލުމަކާ މެދު އެއްވެސް ފަރުވާލެއް ނެތި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމެއްގެ ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް އޮޅުވާލުމަށް ބޮޑެތި ދޮގު ހަދާ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި، ގައުމުގެ އެންމެ މަތީ މަސްލަހަތާ މެދު ފަރުވާތެރިވާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މި ޒަމާނުގައި ޖިއޯ ޕޮލިސްޓިކްސް ހިނގާ މަގު އެނގެންވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޒިންމާދާރު ލީޑަރުން ސިޔާސީ ބޭނުމަށް ދުވާލުގެ އަލިކަން ފެންނަހެން ފެންނަން އޮންނަ ކަންކަމުގައި އޮޅުވާލައިގެން ބުހުތާނު ދޮގު ނުހަދާނެ ކަމަށެވެ. މިސާލެއްގެ ގޮތުން ޝަރީފް ވިދާޅުވީ ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދު ބަހާ ވަކިގޮތަކަށް ނިމިފައި އޮތްނަމަ މޮރިޝަސްއަކަށް އިން ވަކިކުރާކަށް ހުށަނޭޅޭނެ ކަން ކުޑަކުއްޖަކަށް ވެސް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވަނީ ރާއްޖޭގެ މަސްލަހަތަށް ބަލާލުމެއް ނެތި ތިމާގެ ޒާތީ މަސްލަހަތު ކުރިއެރުވުމުގެ ނިޔަތުގައި ހިތަށް އައިހާ ދޮގެއް ހަދައި ރިޔާސީ ކެންޑިޑޭޓުންނަށް ވޯޓުދޭން ހެޔޮނުވާނެ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް