ކ. މާލެ
|
13 ޖޫން 2023 | އަންގާރަ 16:48
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ކުރިއަށްދަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުޓްސަލް ދަނޑުތަކުގެ މަސައްކަތް ކުރިއަށްދަނީ
އަރބަންކޯ
އަރބަންކޯ
ހިޔާ ސަރަހައްދުގައި ދެ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ފަށައިފި
މި ފުޓްސަލް ދަނޑުތައް ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ހިޔާ ޓަވަރު 16 ކުރިމަތިން އިރަށް އޮންނަ ހުސްބިމުގައި
މި މަސައްކަތް ހަވާލުކޮށްފައިވަނީ ޒެބްކޯއާ

ހުޅުމާލެ ހިޔާ ސަރަހައްދުގައި ވަގުތީ ގޮތުން ހަދާފައިވާ ފުޓްސަލް ދަނޑު އޮތް ސަރަހައްދުގައި ޒަމާނީ އަދި ފެންވަރު ރަނގަޅު ދެ ފުޓްސަލް ދަނޑު ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

އަރބަންކޯއިން ބުނީ ހިޔާ ސަރަހައްދުގައި ގިނަ އަދަދެއްގެ ރައްޔިތުން ތަކެއް މިހާރު ދިރިއުޅެމުން ދާއިރު، ސަރުކާރާ ގުޅިގެން އެ ސަރަހައްދުގައި ގިނަ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ބޭނުންވާ ކަންކަން ދެނެގަނެ، ގިނަ މަސައްކަތްތަކެއް ރޭވި، މިހާރު ފަށާފައިވާ ކަމަށް އަރބަންކޯ އިން ބުންޏެވެ.

އަރބަންކޯ އިން ބުނިގގޮތުގައި އެ މަސައްކަތުގެ ތެރެއިން ހިޔާ ސަރަހައްދުގައި ވަގުތީ ގޮތުން މިހާރު ހަދާފައިވާ ފުޓްސަލް ދަނޑު އޮތް ސަރަހައްދުގައި ޒަމާނީ އަދި ފެންވަރު ރަނގަޅު ދެ ދަނޑު ހެދުމަށް ޔޫތު މިނިސްޓްރީން ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޒެބްކޯ އާއެވެ.

މި ފުޓްސަލް ދަނޑުތައް ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ހިޔާގެ 16 ވަނަ ޓަވަރު ކުރިމަތިން އިރަށް އޮންނަ ހުސްބިމުގައެވެ. މި ދަނޑުތަކުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

މި ފުޓްސަލް ދަނޑުތައް ތަރައްގީކުރުމަށް ޒެބްކޯއާ ހަވާލުކުރީ 4،265،024.44 (ހަތަރު މިލިއަން ދެ ލައްކަ ފަސްދޮޅަސް ފަސް ހާސް ސައުވީސް ރުފިޔާ ސާޅީސް ހަތަރު ލާރި) އަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 55 ދުވަހުގެ ތެރޭގައި ނިންމައި، ހަވާލު ކުރާ ގޮތަށެވެ.

މި ދަނޑުތައް ހެދުމުން އެސަރަހައްދުގައި ދިރިއުޅޭ ކުދި ބޮޑު އެންމެހާ ފަރާތްތަކަށް ވެސް ކުޅިވަރު ކުޅުމަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށް އަރބަންކޯއިން ބުނެއެވެ. އަދި ފުޓަސްލަ ދަނޑުގެ އިތުރުންވެސް އިތުރު ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އަރބަންކޯއިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް