Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 09:23
އައްޑޫސިޓީ ހިތަދޫ މަގެއްގައި ޕާކްކޮށްފައިވާ ދެކާރެއްގައި އަލިފާން ރޯވުމުން ނިއްވުމުގެ މަސައްކަތް ކުރަނީ
އައްޑޫސިޓީ ހިތަދޫ މަގެއްގައި ޕާކްކޮށްފައިވާ ދެކާރެއްގައި އަލިފާން ރޯވުމުން ނިއްވުމުގެ މަސައްކަތް ކުރަނީ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
އައްޑޫސިޓީ، ހިތަދޫ މަގެއްގައި ޕާކްކޮށްފައި އޮތް ދެ ކާރެއްގައި އަލިފާން ރޯވެއްޖެ
އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވޭ
ދެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް އަނދާފައި

އައްޑޫ ސިޓީ، ހިތަދޫގެ މަގެއްގައި ޕާކުކޮށްފައި އޮތް ދެ ކާރެއްގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ދެ ކާރުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ނިއްވާލައިފައިވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ ދަންވަރު، 03:50 ހާއިރު މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާ ގުޅިގެން، ސިފައިން ހަރަކާތްތެރިވެ ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާއިރު، ދެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެމްއެންޑިއެފުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް