Advertisement
ކ. މާލެ
|
12 ޖޫން 2023 | ހޯމަ 14:33
ސޭޝެލްސްގެ ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމް ޒިޔާރާތުގެ ތެރެއިން
ސޭޝެލްސްގެ ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމް ޒިޔާރާތުގެ ތެރެއިން
ރައީސް އޮފީސް
ސޭޝެލްސްގެ ރައީސްއާއި ބައްދަލުކުރެއްވުން
ނައިބު ރައީސް ސޭޝެލްސްގެ ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރާއްޖެއާއި ސޭޝެލްސްގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން މިދަތުރުފުޅުން ހާމަވެގެންދޭ
ދެގައުމުގެ މަސްލަހަތު ހިމެނޭ ދެގައުމަށް ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރި
ރާއްޖެއިން ސޭޝެލްސްއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 1 ޖުލައި 1980ގައި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް، ސޭޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ސޭޝެލްސްގެ ރައީސަށް ރާއްޖެއިން މަރުހަބާ ދެންނެވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މިވެރިކަމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަކީ އުފާފުޅުކުރައްވާ ކަމެއްކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ސޭޝެލްސްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ސޭޝެލްސްގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން މިދަތުރުފުޅުން ހާމަވެގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ދެގައުމުގެ މަސްލަހަތު ހިމެނޭ ދެގައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި، ފަތުރުވެރިކަމާ، މޫސުމަށް އަންނަ ބަދަލުތަކާ، ޒުވާނުންގެ ތަރައްގީގައި އެއްބާރުލުން ދެއްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

Advertisement

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ މަޝްވަރާތަކަކީ އުފެއްދުންތެރި މަޝްވަރާތަކެއްކަމަށާއި، އެމަޝްވަރާތަކުން ދެގައުމުގެ ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެކަމަށް ޔަގީން ކުރައްވާކަމުގައިވެސް ނާއިބު ރައީސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ނާއިބު ރައީސްއާއި ސޭޝެލްސްގެ ރައީސް ވަނީ، އިތުރު ދާއިރާތަކުން ރާއްޖެއާ ސޭޝެލްސްއިން ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރާއްޖެއިން، ސޭޝެލްސްއާ އެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ، 1 ޖުލައި 1980ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް