Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 06:43
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ޓްވިޓަރ
ކާނަލް ނާޒިމް
އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން : ރައީސް ޔާމީން
ނާޒިމްގެ މައްސަލަ އަލުން ހުޅުވާލާތޯ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާ
ބައެއް މެންބަރުން ނާޒިމް ދޫކޮށްލަން އެދިވަޑައިގަތް

އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާ ނިންމުން އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ޕީޕީއެމް އާއި ގުޅިވަޑައިގަތުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ގެކޮޅުން ފެނުނު ފިސްތޯލާއިގެ މައްސަލައާ ގުޅޭގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީއާއި ގުޅިގެން ބައެއް މެންބަރުން އެމަނިކުފާނުގެ އަރިހުގައި ނާޒިމް ދޫކޮށްލަން އެދިވަޑައިގަތްކަމަށެވެ.

" އަޅުގަނޑަކީ ޝަރުއީ ދާއިރާއިން ނިންމާފަ އޮންނަ ކަންކަމުގައި އެގްޒެކްޓިވް ބާރު ބޭނުންކޮށްގެން އެ ނިންމާފަ އޮންނަ ނިންމުން އަނެއް ކޮޅަށް ޖަހާނެ މީހެއް ނޫން، އޭގަ އެއްވެސް ޖާއިޒު ކަމެއް ނޫނީ އެއްވެސް ސައްހަކަމެއް ހުރި ކަމަށް ނާޒިމްގެ ލޯޔަރުންނަށް ޤަބޫލުނުކުރެވޭކަމަށްވަންޏާ އެ ބޭފުޅުންގެ ކަމެއް އެ މައްސަލަ އަލުން ހުޅުވާލާތޯ ސުޕްރީމް ކޯޓްއަށް ވަޑައިގަތުން، އެއީކީ ރައީސް ޔާމީން ކުރަން ޖެހިވަޑައިގަންނަވާ ކަމެއް ނޫން " ރައީސް ޔާމީން ވިދާޅުވިއެވެ.

ކާނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ސިޓީއެއް ހުށައަޅާފައެވެ. އެސިޓީގައި ބުނެފައިވަނީ، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައާ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ފިސްތޯލައިގެ މައްސަލައިގަ ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު އެ ފިސްތޯލައިން ނާޒިމް އަދި އެ އެޕާޓްމަންޓްގައި އުޅޭ އެއްވެސް މީހެއްގެ ފިންގަޕްރިންޓް ފެނިފައި ނުވެއެވެ. ފުލުހުން ކުރި ތަހުގީގުތަކަށް ފަހުން ބުނެފައި ވަނީ އެ ފިސްތޯލައިން ފެނިފައި ވަނީ އަދީބުގެ ފިންގަޕްރިންޓް ކަމަށެވެ. ނާޒިމްގެ މައްޗަށް ކުރި ހުކުމު އިސްތިއުނާފީ މައްސަލައިގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ސުޕްރީމް ކޯޓަށް އެކަން އެންގި ނަމަވެސް އެކަމަށް ބެލުމެއް ނެތި ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓާއި އަދި ހައި ކޯޓުން ކުރި ހުކުމުގައި މައްސަލައެއް ނެތް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް