Advertisement
ކ. މާލެ
|
11 ޖޫން 2023 | އާދީއްތަ 09:29
އަބްދުﷲ ޖަމީލް
އަބްދުﷲ ޖަމީލް
އަބްދުﷲ ޖަމީލް އަވަހާރަވުން
ގިނަ ވުޒާރާތަކުގެ ވަޒީރުކަން ކުރައްވާފައިވާ އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ
އަބްދުﷲ ޖަމީލް އަވަހާރަވީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
ޖަމީލް ޓުއަރިޒަމް މިނިސްޓަރުކަމުގެ މަޤާމް ފުރުއްވާފައި ވަނީ 1991-1993 އަށް
ދައުލަތުގައި ޚިދުމަތްކުރެއްވި މުއްދަތުގައި ތަފާތު އެކި ދާއިރާތަކުގެ ކުރިއެރުމަށާއި ލާބަ އަށް އެމަނިކުފާނު ވަނީ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި

ގިނަ ވުޒާރާތަކެއްގެ ވަޒީރުކަން ފުރުއްވާ، ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަބްދުﷲ ޖަމީލް އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އަބްދުﷲ ޖަމީލް ވަނީ ދައުލަތުގެ ތަފާތު އެކި ދާއިރާތަކުގެ ކުރިއެރުމަށާއި ލާބަ އަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

Advertisement

އެމަނިކުފާނު ޚިދުމަތްކުރެއްވި މަޤާމްތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ޒައާމަތުގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކޭޓްރީގެ މަޤާމާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕްރެޒިޓެންޝަލް އެފެއާޒްގެ މަޤާމާއި މިނިސްޓަރ އޮފް ހެލްތުގެ މަޤާމާއި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމާއި މިނިސްޓަރ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމާއި މިނިސްޓަރ ހޯމް އެފެއާޒް އެންޑް ހައުސިންގެ މަޤާމާއި މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރުގެ މަޤާމް އަދާކުރައްވާފައިވެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ދައުރުގައި ޕަބްލިކް ހެލްތު ޑިވިޝަން އާއި ދައުލަތުގެ އެހެން އިދާރާތަކުގައި ވެސް އަބްދުﷲ ޖަމީލް ޚިދުމަތްކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
11 ޖޫން 2023 | އާދީއްތަ 10:05
މުހައްމަދު އިބްރާހީމް ދީދީ
إنا لله وإنا إليه راجعون اَللّٰھُمَّ اغْفِرْلَہٗ وَارْحَمْہٗ وَ عَافِہٖ وَاعْفُ عَنْہُ وَاَکْرِمْ نُزُلَہٗ وَوَسِّعْ مُدْخَلَہٗ وَاغْسِلْہُ بِالْمَآئِ وَالثَّلْجِ وَالْبَرَدِ وَ نَقِّہٖ مِنَ الْخَطَایَا کَمَا نَقَّیْتَ الثَّوْبَ الْاَبْیَضَ مِنَ الدَّنَسِ وَ اَبْدِلْہُ دَارًاخَیْرًامِّنْ دَارِہٖ وَاَھْلًا خَیْرًا مِّنْ اَھْلِہٖ وَ زَوْجًا خَیْرًا مِّنْ زَوْجِہٖ وَ اَدْخِلْہُ الْجَنَّۃَ وَاَعِذْہُ مِنْ عَذَابِ الْقَبْرِ وَ مِنْ عَذَابِ النَّارِ۔