Advertisement
ކ. މާލެ
|
12 ޖުލައި 2017 | ބުދަ 00:56
ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މިރޭ ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައި
ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މިރޭ ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައި
ރާއްޖެއެމްވީ
އަދީބުގެ ބޭސްފަރުވާގެ މައްސަލަ
އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން
އަދީބު ބޭސްފަރުވާއަށް ދެވޭނީ ދައުލަތުގެ ފައިސާ ދައްކާފައި
މީ އަދީބުގެ ބޭސްފަރުވާއާއި ގުޅޭގޮތުން ރައީސް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު
ކާނަލް ނާޒިމަށް މަޢާފް ނުދެއްވާނެ ކަމުގެ އިޝާރާތެއްވެސް ކުރެއްވި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު، ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، އަދީބުގެ ބޭސްފަރުވާއަށް އެމަނިކުފާނުގެ ޚަރަދުގައި ރާއްޖެ އިން ބޭރުން ކިތަންމެ ބައިވަރު ޑޮކްޓަރުން ގެނަޔަސް އެންމެ ރަނގަޅު ކަމަށާއި، އަދި އައިޖީއެމްއެޗުގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އަދީބަށް ބޭސްކުރަން ހުއްދަ ދެއްވާނެ ކަމަށެވެ.

އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވަންވީ ކަމަށެވެ.

"ދައުލަތުން ނަގާފައިވާ ފައިސާ ދައުލަތަށް ދައްކަވާ. އަހުމަދު އަދީބު ގެންނާނެ ފެންވަރެއްގެ ޑޮކްޓަރުން އޭނާގެ ޚަރަދުގައި ގެންނަންވީ، އައިޖީއެމްއެޗްގެ ހުރިހާ ފެސިލިޓީއެއް ބޭނުންކުރަންވީ، އަދީބަށް ބޭސްކުރުމަށް ހުރަހެއް، މަނައެއް ނެތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް ނުވަތަ ސަރުކާރު ދޫކޮށްލާފައި ވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެމްބަރުން، އަދީބު ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް އެމަނިކުފާނަށް މަޖުބޫރު ކުރައްވަމުން ގެންދެވި ކަމަށެވެ.

އަދީބުގެ ބޭސްފަރުވާގެ މައްސަލައިގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު  ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާ ގުޅޭ ހުރިހާ މައުލޫމާތެއް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އަދީބު ދާދި ފަހުން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން ވެސް ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ އަދީބުގެ ސިޓީއާ ގުޅިގެން، ރައީސަށް ލިބިވަޑައިގަންނަވާ އެގްޒެކެޓިވް ބާރުގެ ދަށުން ނާޒިމް މިނިވަންކުރުމަށް ބައެއް މެމްބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ. ނަަމަވެސް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ޝަރުއީ ދާއިރާ އިން ނިންމާފައިވާ ކަންކަން، އެގްޒެކެޓިވް ބާރުގެ ދަށުން އަނެއްކޮޅަށް ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އޭގެ އެއްވެސް ޖާއިޒް ކަމެއް ނުވަތަ ސައްހަ ކަމެއް ހުރެއްޖެ ކަމަށް ނާޒިމްގެ ލޯޔަރުންނަށް ގަބޫލު ކުރެވޭ ކަމަށް ވާނަމަ، އެ މައްސަލަ އަލުން ހުޅުވާލާތޯ ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ، އަދީބްގެ ވަކީލުންގެ ޒިންމާއެއް ކަމަށާ، އެއީ ރައީސް ޔާމީން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އައިސްފައިވާ ހުކުމުން އެމަނިކުފާނު މިނިވަންކުރުމަށްވެސް ބައެއް ފަރާތްތަކުން އެދެމުން ގެންދަވާ ކަމަށެވެ. އެކަމަކު އެކަން ވެސް ނުކުރެއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ނުފުއްދެވޭ ވަރުގެ އެފަދަ ބޮޑެތި ޝަރުތުތައް ކުރިމަތިކޮށްފައި، އެމަނިކުފާނާއި އެކީގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިވެވަޑައިގަތަސް ކުރެއްވޭނެ ކަމެއް ނެތްކަމަށެވެ.

އެމަނިކުފާނު ދޫކުރައްވާ ވަޑައިގަންނަވާ މެންބަރުން އަހުމަދު އަދީބު ބޭސްފަރުވާއަށް ފޮނުވަން މަޖުބޫރުކުރަންވީ ކީއްވެގެން ތޯއާއި، އެހެން އެދުނަސް އެކަމަށް ތަބާ ވެވަޑައި ނުގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
12 ޖުލައި 2017 | ބުދަ 13:22
ގާގާ
މޮހޯގެ ކުންފުނިން ބުނީ އެލާރި އަދީބު ބުނުއްވި ގޮތައް ބުނުއްވި ބޭފުޅުންނައް ދީފަޔޯ ވަނީ. އެލާރިން ބަޔެއް މީހުނައް އަގުބޮޑު އަގޮޓި، ކާރު ވެސް ގަނެދިން... މިމީހުންވެސް އެލިބުނު ހަދިޔާ ސަރުކާރާއި ހަވާލު ކުރުމަކައް ބޭނުމެއް ނުވޭ. ދެން ކިހިނެއް އަދީބު އެފައިސާ ހޯދާނީރައްޔތުންގެ މަޖްލިސް މެމްބަރުންވެސް އެ ލިބުނު އެތިކޮޅު ވަގުތުން ހަވާލު ކުރަންވީ..