ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 18:31
އެއްބަސްވުމުގައި ސޮއިކުރައްވަނީ
އެއްބަސްވުމުގައި ސޮއިކުރައްވަނީ
ޕްލޭނިންގ މިނިސްޓްރީ
ފިއްލަދޫ މަގު ހެދުން
ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި
މިމަޝްރޫއުގެ ދަށުން 1.1 ކިލޯމީޓަރުގެ މަގު ހެދުމާއި، މަގު މަގުބައްތިޖެހުން ހިމެނޭ
މި މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

ހއ. ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް, ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިމަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 29،860،450.63 (ނަވާވީސް މިލިއަން އަށްލައްކަ ފަސްދޮޅަސްހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާ، ފަސްދޮޅަސް ތިންލާރި)އަށެވެ.

ޑިޒައިން އެންޑް ބިލްޑް އޮފް ހއ. ފިއްލަދޫ ހާރބަރ ރޯޑް މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

މިމަޝްރޫއުގެ ދަށުން 1.1 ކިލޯމީޓަރުގެ މަގު ހެދުމާއި، މަގު މަގުބައްތިޖެހުން ހިމެނެއެވެ. އަދި މި މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް