ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 14:22
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން
ރައީސް އޮފީސް
ސްޓޫޑަންޓް ލޯނު
ސްޓޫޑަންޓް ލޯނު ދިނަސް ކޭޝް ފްލޯއަށް ދައްޗެއް ނުވާނެ: މިނިސްޓަރު
ހުރިހާ ދަރިވަރުން އެ އަހަރުތެރޭ ފުރައިގެން ގޮސްފައެއް ނެތް
އިތުރު ދަރިވަރުންނަށް ލޯނު ދޭން ނިންމީ ގިނަ މަޝްވަރާތަކަކަށް ފަހުގައި

ސްޓޫޑަންޓް ލޯނަށް ޝަރުތުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދިން ނަމަވެސް ދައުލަތުގެ ކޭޝް ފްލޯއަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އިއުލާނުކުރި އަދަދަށްވުރެ އިތުރު ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ދޭން ނިންމީ މިނިސްޓްރީ އޮފް ފިނޭންސާއެކު މަޝްވަރާތަކެއް ކުރުމަށް ފަހުގައި ކަމަށެވެ.

Advertisement

މިނިސްޓަރު ވިދާޅުވީ ސްޓޫޑެންޓް ލޯނު ލިބޭ ދަރިވަރުންގެ ތެރެއިން އެ އަހަރު ތެރޭގައި އެންމެ ގިނަވެގެން ވެސް ފުރައިގެން ގޮސްފައިވަނީ 60 އިންސައްތަ ދަރިވަރުން ކަމަށެވެ. މިއަހަރު ވެސް 18 މަސް ދުވަސްތެރޭގައި ފުރައިގެން ދިއުމުގެ ފުރުސަތު ދަރިވަރުންނަށް ދީފައިވާއިރު މި ނިންމުމުން ކޭޝް ފްލޯއަށް އަސަރެއް ނުކުރާނެ ކަމަށެވެ.

މި ފުރުސަތު މި ދިނީ އެ ފައިސާ ދަރިވަރުންނާ ހަމައަށް ފޯރުކޯށްދެވޭނެކަން ކަށަވަރުކޮށްފައި
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މިނިސްޓަރުގެ ވާހަކަަފުޅުގައި ވަނީ 2018 ވަނަ އަހަރު ކުރީ ސަރުކާރުން ބަޖެޓު ހަމަނުޖައްސައި ލޯނަށް އިއުލާނުކުރި ކުރުން ފާހަގަކުރައްވާފައެވެ. އެގޮތަށް އެކަން ކުުރުމުން އެ ދަރިވަރުންގެ ލޯނު ފައިސާ ހަމަޖައްސަން ޖެހުނީ މި ސަރުކާރަށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް