ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 13:24
އައްޑީ ސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
އައްޑީ ސިޓީއަށް ރައީސް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން
ރައީސް އޮފީސް
އައްޑޫގެ ތަރައްގީ
ބޮޑު ދެ މަޝްރޫއެއް ފައްޓަވައިދެއްވާ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް އައްޑޫ ސިޓީއަށް
ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ
އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވާނެ
ކައުންސިލާއި ރައްޔިތުންނާއި ބައްދަލުކުރައްވާނެ

ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައި ދެއްވުމަށް ރައީސް އެ ސިޓީއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހޮނިހިރު ދުވަހު ފުރާ ވަޑައިގަންނަވާނެ ކަމަށެވެ. މި ދަތުރުފުޅުގައި އައްޑޫގައި ކުރިއަށް ގެންދަވާ މުހިންމު ބޮޑެތި މަޝްރޫއުތައް ބައްލަވާލައްވާ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާނެ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

ރައީސް ޞާލިހުގެ މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާ ރައްޔިތުންނާއި ބައްދަލުކުރައްވާ، ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާއި ބައްދަލުކުރައްވާނެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާއެވެ. މި މަޝްރޫޢޫގެ ދަށުން އައްޑޫ ސިޓީގައި ޖުމުލަ 194.3 ހެކްޓަރުގެ ބިން އިތުރު ކުރެވިގެންދާނެ އަދި މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.

Advertisement

ހިތަދޫއަށް 90 ހެކްޓަރު ބިމާއި މަރަދޫ އަދި މަރަދޫފޭދޫއަށް 16 ހެކްޓަރުގެބިމާއި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭއިން 8.3 ހެކްޓަރުގެ 3 ރަށަކާއި 4 ލޭން ޑިޓުއަރ ލިންކު ރޯޑުގެބްރިޖުގެ އެމްބޭންކްމަންޓަށް 3.3 ހެކްޓަރު ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 18 މަސްދުވަސް ތެރޭގައި ނިންމުމަށް ޙަވާލުކުރި މި މަޝްރޫއަކީ ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢުގެ ދަށުން އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި އެއަރޕޯޓުގެ ޓަރމިނަލް ތަރައްޤީކުރާނެއެވެ. އަދި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖު ވަސީލަތްތައް ވެސް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވިޔަފާރިއަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންކުރުމަށް ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީކުރެވިގެންދާއިރު، އައު ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނެއް ވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެއަރޕޯޓުގެ މަގުތަކާއި އެއަރޕޯޓްގެ ޕާކިން ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް