ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 07:23
އަދާލަތު ޕާޓީގެ ޢިލުމުވެރިންގެ މަޖިލީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ބައްދަލުކުރައްވަނީ
އަދާލަތު ޕާޓީގެ ޢިލުމުވެރިންގެ މަޖިލީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ބައްދަލުކުރައްވަނީ
އަދާލަތު ޕާޓީ
އަދާލަތު ޕާޓީގެ ޢިލުމުވެރިންގެ މަޖިލީސް
އަދާލަތު ޕާޓީގެ ޢިލުމުވެރިންގެ މަޖިލީހުގެ ފަރާތުން ރައީސް ޞާލިހުއާއި ބައްދަލުކުރައްވައިފި
އެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަމާމެދު މަޝްވަރާ ކުރައްވާފައިވޭ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކުރައްވައިފިއެވެ.

އެކަމާއި ގުޅިގެން އަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދު ކުރުމަށް އެޕާޓީން ނިންމާފައި ވާތީ، ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ރައީސާ ބައްދަލުކުރައްވައި، އެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަމާމެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހާއެކު މަސައްކަތްކުރުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފައެވެ. މިހާރުވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމަށް ރައީސް ޞާލިހު ފޮނުއްވި ދައުވަތު އެންމެ ފުރަތަމަ ގަބޫލުކުރި ޕާޓީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް