ކ. މާލެ
|
31 މެއި 2023 | ބުދަ 17:49
ލެގަސީ ފިޓްނަސް
ލެގަސީ ފިޓްނަސް
ލެގަސީ ފިޓްނަސް
ބޫޓް ކޭމްޕް އިންސްޓްރަކްޓަރ ކޯސް
ބޫޓް ކޭމްޕް އިންސްޓްރަކްޓަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލެގަސީ ފިޓްނަސުން ހުޅުވާލައިފި
ކޯސް ކުރިއަށްދާނީ ޖޫން 10ން ޖޫން 11ށް

ބޫޓް ކޭމްޕް އިންސްޓްރަކްޓަރ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލެގަސީ ފިޓްނަސުން ހުޅުވާލައިފިއެވެ.

ލެގަސީ ފިޓްނަސުން ބުނީ މިއަހަރަށް ވަރަށް ގިނަ ކޯސްތައް އަމާޒުކޮށްފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކޯހެއްގެ ގޮތުގައި ގްރޫޕް ޕާސަނަލް ޓްރެއިނިންގ ފޯރުކޮށްދިނުމުގެ ކޯސް ހުޅުވާލާ ކަމަށެވެ. މި ކޯސް ކުރިއަށްދާނީ ޖޫން 10ން ޖޫން 11ށް ކަމަށް ވެސް ބުނެފައިވެއެވެ.

ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ޕްރޮމޯޝަންގެ ދަށުން 350 ޑޮލަރަށް ކޯހުގައި ބައިވެރިވެވޭނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލެގަސީ ފިޓްނަސުން މި ކޯސް ކުރިއަށް ގެންދަނީ ފިޓްނަސް އެޑިއު ޓްރެއިނިންގ އޭޝިއާ (އެފްއީއޭ) އާ ގުޅިގެންނެވެ. އަދި ކޯސް ނަގައިދޭނީ ވެސް އެފްއީއޭގެ ޓީމުންނެވެ. މި ކޯސް ފުރިހަމަ ކުރުމުން ގްރޫޕް ޕީޓީ ސްޕެޝަލިސްޓްއަކަށް އެމީހަކު ވާނެއެވެ.  

ކޯހުގައި ރަޖިސްޓްރީވުމަށް 7515118 އާއި 9431300ށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ލެގަސީ ފިޓްނަސުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް