Advertisement
ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 23:07
ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާއި ހިނގާލުމެއްގެ ތެރެއިން
ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާއި ހިނގާލުމެއްގެ ތެރެއިން
ރާއްޖެ އެމްވީ
ގާސިމްގެ ޝަރީއަތް
ގާސިމްގެ މައްސަލަ މާދަމާ އަލުން ހުށަހަޅާނަން: ޕީޖީ
ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިން ކަމަށް ދައުވާކޮށްފައި
މައްސަލަ ފޮނުވާލީ ޕީޖީ އޮފީހުގެ ލޯޔަރުން ޝަރީއަތަށް ވަޑައިނުގަތުމުން
ގާސިމް ވިދާޅުވެފައި ވަނީ ދެން އޭނާ ހައްޔަރު ނުކުރެއްވޭނެ ކަމަށް

ކްރިމިނަލް ކޯޓުން ބޭރުކޮށްލި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ތިން މައްސަލަ މައްސަލަ ވެސް މާދަމާ އަލުން ކޯޓަށް ހުށަހަޅުއްވާނެ ކަމަށް، ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެ އެވެ.

 

ގާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލީ  އާދީއްތަ ދުވަހުގެރޭ  ބާއްވަން ހަމަޖެއްސި ޝަރީއަތުގެ މަޖިލީހަށް ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުންނެވެ.

 

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ބިޝާމް ވިދާޅުވީ ގާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ތިން މައްސަލަ ވެސް މިރޭ ކޯޓުން ބޭރުށްލީ މާދަމާ އަށް ޝަރީއަތް ފަސްކޮށް ދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ.

 

އެކަން ކޯޓްގެ ރަޖިސްޓްރާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ.

 

ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް